ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 14:03
އިސްރާއީލުން ގަސްތުގައި ނޫސްވެރިންނަށް ހަމަލާތައް އަމަޒުކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފައި
އިސްރާއީލުން ގަސްތުގައި ނޫސްވެރިންނަށް ހަމަލާތައް އަމަޒުކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފައި
ރޮއިޓާސް
އިތުރު ނޫސްވެރިޔަކު ޝަހީދުކޮށްލުން
އިސްރާއީލުން ފަލަސްތީނުގެ އިތުރު ނޫސްވެރިއަކު ޝަހީދުކޮށްލައިފި
 
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު ވަނީ 121 އަށް އަރާފައި

އިސްރާއީލުން ފަލަސްތީނުގެ އިތުރު ނޫސްވެރިއަކު އަނެއްކާވެސް ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު ނޫސްވެރިއަކު ޝަހީދުކޮށްލައިފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު މިވަނީ 121 އަށް އަރާފައެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީން ބުނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައިވަނީ އަލް ޒަވައިދާ އަވަށުގައި ހުންނަ ނޫސްވެރިޔާ އިސާމް އަލްލޫގެ ގެއަށް ކަމަށާއި އެ ހަމަލާގައި އަލްލޫލޫގެ އަނބިކަނބަލުންނާއި އޭނާގެ ދެ ދަރިން ވެސް ޝަހީދުވެފައިވާ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ދަނީ ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތައް ދެމުންނެވެ.

މި ޙަމަލާގެ ސަބަބުން 26،000 އަށްވުރެ ގިނަ މީހުން ފަލަސްތީނުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުން ބުނީ ހަމާސްގެ ފުރަތަމަ ހަމަލާގައި އިސްރާއީލްގެ 1،200 މީހުން މަރުވެފައިވާ ކަމަށެވެ.

އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި ގަތުލްއާންމު ހިންގާ މައްސަލައިގެ ވަގުތީ ހުކުމުގައި ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް އިން ވަނީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓުވައި، ފަލަސްތީނަށް ކުރިމަތިވެފައިވާ ދިރިއުޅުމުގެ ނުރަނގަޅު ހާލަތުން އަރައިގަތުމަށް ޓަކައި މިހާރުން މިހާރަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލަށް އަމުރުކޮށްފައެވެ.

އައިސީޖޭ އިން މި ފަދަ އަމުރެއް ނެރެފައިވީ ނަމަވެސް އިސްރާއީލުގެ އަމަލުތަކަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. ކޮންމެދުވަހަކު ފަލަސްތީނުގެ ނިކަމެތި ޢާއްމު ރައްޔިތުންގެ އެތައްބަޔަކު އެދަނީ ޝަހީދު ކުރަމުންނެވެ.

އިސްރާއީލުން ވައުދުވީ ހަމާސްގެ ވަސް ދުނިޔޭން ފޮހެލައިފައި ނޫނީ ހަނގުރާމަ ނުހުއްޓާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް