ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 09:07
އެމްޑީޕީގެ ޗެއާޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ)
އެމްޑީޕީގެ ޗެއާޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ)
ރާއްޖެއެމްވީ
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ
ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައަށް ހުރަސްއަޅަނީ ރައީސް ޑރ.މުއިއްޒު ބޭނުންވާ ބަޔަކު ވަޒީރުކަމުން ބޭރުކުރަން އެމްޑީޕީން އެއްބަސްނުވެގެން - އިބުރޭ
 
ރޭގެ 11:00 އާއި ހަމައަށް މަސައްކަތްކޮށްގެން ވެސް ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައި
 
އިތުރު ޖަލްސާ އެއް ބާއްވަން މިއަދު 11:00 އަށް ވަނީ ތާވަލްކޮށްފައި
 
މިއީ ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައި

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަށް މި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ހުރަސް އަޅަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ބަޔަކު ވަޒީރުކަމުން ބޭރުކުރަން އެމްޑީޕީން އެއްބަސްނުވެގެން ކަމަށް އެމްޑީޕީގެ ޗެއާޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އިބްރާހީމް ވަހީދު ވިދާޅުވީ ޕީޕީއެމް ޕީއެންސީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ސަރުކާރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލާ ކަމަށާއި ޕީޕީއެމްގެ ވެރިކަމުގައި ވެސް މަޖިލީސް ހުއްޓުވީ ސީދާ ސަރުކާރުން ބޭނުންވެގެން ކަަމަށެވެ. އޭރުވެސް އެކަން ކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ސަރުކާރު މެންބަރުން ކަަމަށާއި މިހާރުވެސް ކަންކަން ހިނގަނީ އެހެންކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހީމް ވަހީދު މިހެން ވިދާޅުވީ ދައުރުން ބޭރުން އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާ އެއް ބާއްވަން މަސައްކަތް ކުރުމުން، އެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ސަރުކާރު މެންބަރުން މަޖިލީހުގެ ނިޒާމް ގެއްލުވާލާފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓުވާލުމަށް ފަހު، ވަޒީރުންނަށް ރުހުން ނުދޭ ކަމަށް ސަރުކާރުން ބުނާތީ އެކަމަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އަދި މިހާރު ވަޒީރުންނަށް ރުހުން ނުދޭން މަސައްކަތް ކުރަނީ ވެސް ޕީޕީއެމް ޕީއެންސީން ކަމަށް އޭނާ ވިދާޅުވިއެެވެ. މިއީ ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް އިބްރާހީމް ވަހީދު ވަނީ ތުހުމަތުކުރައްވާފައެވެ.

ޑރ.މުއިއްޒު ބޭނުންވާ ބައެއް މީހުން ބޭރުކުރަން އެއްބަސް ނުވެގެން މި އުޅެނީ. އެބަ ހުރި ބައެއް މީހުންގެ ލިސްޓު ޑރ.މުއިއްޒު ބޭރުކުރަން ބޭނުންވާ މީހުންގެ ފޮނުވާފައި. އެކަމަކު އެއީ އަޅުގަނޑުމެން ބަލަން ބޭނުންވާ އެއްޗެއް ނޫން.
އެމްޑީޕީގެ ޗެއާޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ)

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާދީއްތަ ދުވަހުގެ 01:30 އަށް ތާވަލްކުރި ނަމަވެސް ޕީޕީއެމް ޕީއެންސީން ވަނީ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅާފައެވެ. އިރުއޮއްސުމާއި ހަަމައަށް ޖަލްސާ ބާއްވަން މަސައްކަތް ކުރުމަށް ފަހު ރޭގަނޑު 08:00 އަށް ޖަލްސާ ތާވަލްކުރިއެވެ. ނަމަވެސް ރޭގެ 11:00 އާއި ހަމައަށް މަސައްކަތްކޮށްގެން ވެސް ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އިތުރު ޖަލްސާ އެއް ބާއްވަން މިއަދު 11:00 އަށް ވަނީ ތާވަލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި