ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 08:28
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް (ފައިލް ފޮޓޯއެއް)
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް (ފައިލް ފޮޓޯއެއް)
ރާއްޖެ އެމްވީ
ދޯންޏެއް އަޑިއަށް ދިއުން
ދޯންޏެއް އަޑިއަށް ގޮސްގެން ކަނޑުވެފައިވާ ބަޔަކު ސަލާމަތްކޮށްފި
 
އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ފެނިގެން ނަގާފައި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދަކަށް
 
އެ ހާދިސާ ހިނގާފައި ވަނީ ރޭ 18:21 ހާއިރު

ދޯންޏެއް އަޑިއަށް ގޮސްގެން ކަނޑުވެފައިވާ ބަޔަކު ސަލާމަތްކޮށްފިއެވެ.

އެކަން ހާމަކޮށް ފުލުހުން ބުނީ އަރިއަތޮޅާއި 19 މޭލުން ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮސްގެން އޭގައި ތިބި ތިން މީހުން އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ނަގާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ރޭ 18:21 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ފެނިގެން ނަގާފައި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ އުޅަނދަކަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަޑިއަށް ދިޔަ ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީ ފަޅުވެރިން ކަމަށާއި އެ އެންމެންގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މީހުން ވަނީ މިހާރު މާލެ ގެނެސްފައެވެ. މި ހާދިސާގައި ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން