ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 18:10
އިލެކްޝަންސް ކޮމިޝަންގެ ރައީސް، އިސްމާއީލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ރައީސް، އިސްމާއީލް ހަބީބު
ރާއްޖެއެމްވީ
ޕާޓީތަކުގެ އެތެރޭގެ އިންތިޚާބު
އީސީގެ ސިޔާސީ ޕާޓީގެ ދަފްތަރަށް ބަލައިގެން ޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓުލުން މިހާތަނަށް ކުރިއަށް ގެންދިޔައީ އެމްޑީޕީން އެކަނި - ހަބީބު
 
ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ ހޫނުވެ، ބައެއް ވޯޓުފޮށިތައް ކައިރީގައި ހަމަނުޖެހުންތައް ހިންގާފައިވޭ

އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަސްލަކަށް ބަލައިގެން، ޕާޓީގެ އެތެރޭގައި ބޭއްވޭ ޕްރައިމަރީތަކުގައި ވޯޓުލުމަށް މިހާތަނަށް ހަމަޖެއްސި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެކަނި ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު އެފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީއަކީ ގާނޫނީ ވަކި ޝަޚުޝެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީގެ ކަންތައްތަކަކީ، އެ ޕާޓީއަކުން ކަނޑައަޅާފައިވާ އުސޫލަކުން އެ ޕާޓީއަކުން ކުރިޔަށްގެންދާ ކަމެއް ކަމަށް ހަބީބުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީ ބާއްވަން ޖެހޭނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ދެ ފުށް ފެންނަ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިމަރީގެ ވޯޓުލުން ރަނގަޅަށް ގެންދިޔުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަސްލަކަށް ބަލައިގެން، ޕާޓީގެ އެތެރޭގައި ބޭއްވޭ ޕްރައިމަރީތަކުގައި ވޯޓުލުމަށް މިހާތަނަށް ހަމަޖެއްސުމަކީ ވަރަށް އިންސާފުވެރިގޮތެއް ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ. ހަބީބު އެ ޓްވީޓް ކުރެއްވީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓަރސް ލިސްޓާމެދު އާއްމު މީހަކު ހަބީބު ޓެގްކޮށް ކުރި ޓްވީޓަކާ ގުޅިގެންނެވެ. ހަބީބު ވަނީ، އޭނާގެ ޝަކުވާއަށް ޖަވާބުދެވޭނީ ޕީޕީއެމަށް ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމް ޕީއެންސީ މަޖިލިސް ޕްރައިމަރީ ހޫނުވެ، ބައެއް ވޯޓުފޮށިތައް ކައިރީގައި ހަމަނުޖެހުންތައް ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް ވޯޓުފޮށިތައް ކައިރީގައި ހަމަނުޖެހުންތައް ހިންގައިގެން އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ހެންވޭރު ފޮށިތަކުގައި މައްސަލަތައް ގިނަ ކަމަށާއި، ލިސްޓުން ނަން އުނިކުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ޒުވާބާއި ހަމަނުޖެހުންތައް ހިންގާފައިވާކަމަށް، އެކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފައިވެއެވެ. ބައެއް ވޯޓުފޮށިތައް ހުރި ތަންތަނަށް ފުލުހުން ވަދެ، ކޮންޓްރޯލް ކުރަންވެސް ޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް