ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 07:42
ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ އަލޮންސޯ
ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ އަލޮންސޯ
ރޮއިޓާސް
ލިވަޕޫލް
ލިވަޕޫލާ ހަވާލުވެދާނެތޯ ކުރި ސުވާލަން އަލޮންސޯގެ ސީދާ ޖަވާބެއް ނެތް!
 
ލެވަކޫސަނާއެކު އަލޮންސޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވެދާނެތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނެތް ކަމަށް، ސްޕެއިންގެ ޒަބީ އަލޮންސޯ ބުނެފި އެވެ.

އުމުރުން 42 އަހަރުގެ އަލޮންސޯ މިހާރު އިރުޝާދު ދެމުން އަންނަނީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށެވެ. އެ ކުލަބުގައި އޭނާ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަން އަންނަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެމުންނެވެ. ލިވަޕޫލްގެ ކޯޗުކަމުގައި މިހާރު ހުރީ ޖަރުމަނުގެ ޔާގަން ކްލޮޕް އެވެ. އެހެން ނަމަވެސް، މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު، ލިވަޕޫލް ދޫކޮށްލާނެކަން ކްލޮޕް ވަނީ އިއުލާން ކޮށްފަ އެވެ.

ބައިނަލްއަޤުވާމީ އެކި އެކި މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ކްލޮޕް ލިވަޕޫލް ދޫކޮށްލުމާއެކު، އެ ޓީމާ ހަވާލުވާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓުގައި އަލޮންސޯގެ ނަން އޮވެ އެވެ. އެކަމާ ގުޅޭ ގޮތުން އަލޮންސޯއާ ސުވާލު ކުރުމުން އަލޮންސޯ އަށް ލިބުނީ ވެސް ހައިރާން ކަމެކެވެ. އޭނާ ބުނީ، އެއީ ވަރަށް ސީދާ ސުވާލެއް ކަމަށާއި، އެ ސުވާލަށް ދޭނެ ސީދާ ޖަވާބެއް ނެތް ކަމަށެވެ.

އޭނާ ބުނީ އަބަދު ވެސް މީހުން ކަންކަން އެކި ގޮތްގޮތަށް އަންދާޒާ ކުރާނެ ކަމަށާއި، އެއީ އާދައިގެ ކަމެއް ކަމަށެވެ. ނަމަވެސް، މިވަގުތު އޭނާގެ ފޯކަސް ހުރީ ލެވަކޫސަން އަށް ކަމަށާއި، އެ ކުލަބާއި ކުޅުންތެރިންނާއެކު ކުރެވޭ މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ލެވަކޫސަންގައި ހުރީ ވަރަށް އުފަލުން ކަމުގައި ވެސް އަލޮންސޯ ވަނީ ބުނެފަ އެވެ.

ލިވަޕޫލް ދޫކޮށްލަން ކްލޮޕް ނިންމުމާއެކު، އެކަމާ ގުޅޭ ގޮތުން އޭނާ ބުނީ، އެއީ ވަރަށް ހައިރާންކަން ލިބުނު ނިންމުމެއް ކަމަށެވެ. ޚާއްސަކޮށް ލިވަޕޫލާއެކު ކްލޮޕް ވަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، އެއީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީތަކެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ވެސް މި ސީޒަންގެ ނިޔަލަށެވެ. ލެވަކޫސަން އިން ބޭނުންވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ނަމަވެސް، ކުރިމަގާ މެދު އަލޮންސީ ވަކި ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް