ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 17:15
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ފަނޑިޔާރުން ހުކުމް އިއްވަނީ
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ފަނޑިޔާރުން ހުކުމް އިއްވަނީ
ރޮއިޓާސް
އިސްރާއީލާއި ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަ
ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމާއި ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލާގައި އައިސީޖޭއިން ހުކުމް ނެރެފި
 
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަކީ އދ.ގެ އެންމެ އިސް ޝަރުއީ ގުނަވަނެވެ.

ޣައްޒާގައި މިހާރު ކުރިއަށްދާ އަސްކަރީ ކެމްޕޭނުގައި އިސްރާއީލުން ޖަރީމާ ހިންގާފައިވާ ކަމަށް ބުނެ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ފުރަތަމަ ހުކުމް ނެރެފިއެވެ. 

ޖީއެމްޓީ ގަޑިން މިއަދު 12:00 ގައި ބޭއްވި ސެޝަންގައި އައިސީޖޭއިން ވަނީ އިސްރާއީލުން ޣައްޒާގެ ތެރޭގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމަށް އެދި އިންތިގާލީ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ. ވަގުތީ ހުކުމުގައި ބުނެފައިވަނީ ޣައްޒާގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 26،000 އަށްވުރެ ގިނަ މީހުން މަރުވެ، 64،000 މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގައި ފަލަސްޠީނަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބެމުންދާކަން ކޯޓުން ޤަބޫލުކުރާ ކަމަށެވެ.

އައި.ސީ.ޖޭ.އިން އެ ޖަރީމާގެ ތުހުމަތުތަކުގެ ސައްހަކަމާ މެދު އެއްވެސް ނިންމުމެއް ނިންމާފައި ނުވި ނަމަވެސް، ވަގުތީ އަމުރެއްގެ ދަށުން އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ފުރާނަ ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ގޮވާލާފައިވާއިރު، ގާނޫނީ މަރުހަލާތައް ކުރިއަށް އެބަދެއެވެ. 

މި މައްސަލަ މުޅިން ނިންމަން އެތައް އަހަރެއް ނަގާނެ ކަމަށް ބެލެވޭ އިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ހުކުމުގެ ދަށުން އިސްރާއީލުގެ ސަރުކާރުގެ މައްޗަށް ވަގުތުން ޒިންމާއުފުލަން ޖެހެނީ، އިސްރާއީލުގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ތެރެއިން ކަމަށް ބެލެވޭ ހަރަކާތްތައް ހުއްޓާލުމަށެވެ. 

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ މިދިޔަ މަހު އައިސީޖޭއަށް ހުށަހެޅުއްވި މި ދައުވާގައި ވަނީ ފަލަސްތީނަށް ސިސްޓަމެޓިކް ކޮށް ޓާގެޓް ކުރުމަކީ ޖެނޯސައިޑް މުއާހަދާއާ ހިލާފު ކަމެއް ކަމަށެވެ. އިސްރާއީލުން ވަނީ ހަމާސްއާ ދެކޮޅަށް ޣައްޒާއިން ހިންގާ ކެމްޕޭން ދިފާއުކޮށް، އަމިއްލަ ދިފާއުގައި ވާހަކަ ދައްކާފައެވެ. ނަމަވެސް އާންމުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މުޅި ދުނިޔެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އައިސީޖޭގެ މި އަމުރަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ އަމުރެކެވެ. ނަމަވެސް އިސްރާއީލުން އަމަލު ނުކުރާނަމަ، އދ.އަށް މައްސަލަ ފޮނުވުން ފިޔަވައި، ތަންފީޒު ކުރުމުގެ ސާފު ނިޒާމެއް އެ ކޯޓުގައި ނެތެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަކީ އދ.ގެ އެންމެ އިސް ޝަރުއީ ގުނަވަނެވެ. އދ.ގެ ޗާޓަރުގެ ދަށުން 1945 ވަނަ އަހަރު އުފެއްދި އައިސީޖޭގެ އަމާޒަކީ ގައުމުތަކުން ހުށަހަޅާ ބައިނަލްއަގްވާމީ ގާނޫނީ މައްސަލަތައް ހައްލުކޮށް އދ.ގެ ހުއްދަ ލިބިފައިވާ ޖަމިއްޔާތަކުން އެ ގައުމަށް ފޮނުވާ ގާނޫނީ މައްސަލަތަކަށް އެޑްވައިޒަރީ ހިޔާލު ދިނުމެވެ. 

އެކޯޓް ބިނާވެގެން ވަނީ އދގެ އާންމު މަޖިލީހާއި އދގެ ސަލާމަތީ މަޖިލީހުން ނުވަ އަހަރުގެ ދައުރަކަށް އިންތިހާބުކުރާ 15 ފަނޑިޔާރުންގެ މައްޗަށެވެ. 

ނެދަލޭންޑްސްގެ ދަ ހޭގްގައި ޤާއިމް ކޮށްފައިވާ އައިސީޖޭއިން މައްސަލަތައް ނިންމަނީ ސިޔާދަތީ ދައުލަތްތަކުން ހުށަހަޅާ ފައިވާ މައްސަލަތަކާ މެދު މަޝްވަރާކޮށް، އާންމުގޮތެއްގައި ބޯޑަރު ހަމަނުޖެހުންތަކާއި، އެއް ގައުމަކުން އަނެއް ގައުމާ ދެކޮޅަށް އުފައްދަމުން އަންނަ އިންސާނީ ހައްގުތަކުގެ ޝަކުވާތަކާ ގުޅޭ މައްސަލަތަކަށެވެ.

އައިސީޖޭގެ ނިންމުންތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ލާޒިމް ކޮށްފައިވާ ހުކުމްތަކަކަށް ވާއިރު، އދ.ގެ މެމްބަރު ގައުމުތަކުގެ ގާނޫނީ ވާޖިބުތަކަށް އިހުތިރާމް ކުރުމުގެ ނަޒާހަތްތެރިކަން ފިޔަވައި އެހެން އެންފޯސްމަންޓް ކެޕޭސިޓީއެއް އެ ކޯޓުގައި ނެތެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ ގުޅުންތަކަށް އަސަރުކުރާ ކަންކަމުގައި، އެ ޤައުމުގެ ޙުކުމްތަކަކީ ވަރަށް ބޮޑު ބާރެއް ލިބިގެންވާ ޙުކުމްތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް