Advertisement
ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 15:09
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
މާލެ އާއި ރަސްމާލެ
ސަރުކާރުން ކުރިން ބުނީ މާލެ އާއި ރަސްމާލެއާ ދެމެދު ބާއްވާނީ 8 މިނެޓުން ދެވޭ ހައިޑްރޮފޮއިލް ފެރީކަމަށް
މަޝްވަރާ ކުރަމުންދަނީ ހައިޑްރޯފޮއިލް ހައިސްޕީޑުގައި މާލެއިން ރަސްމާލެއަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށް އޭރު ބުނި
އޭރު ބުނެފައިވަނީ ހައިޑްރޯފޮއިލް ހައިސްޕީޑުގައި މާލެއިން ރަސްމާލެއަށް ދިއުމަށް ހޭދަވާނެކަމަށް ބެލެވެނީ ހައެއްކަ ނުވަތަ އަށެއްކަ މިނެޓުކަމަށް

މާލެ އާއި ރަސްމާލެ ގުޅުވާލަނީ ކަނޑުއަޑީ ޓަނަލަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިނަމަވެސް، ސަރުކާރުން ކުރިން ބުނެފައިވަނީ މާލެ އާއި ރަސްމާލެއާ ދެމެދު ބާއްވާނީ ހައިޑްރޮފޮއިލް ހައިސްޕީޑް ފެރީކަމަށެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްބެސެޑާ އެޓް ލާޖު މުހައްމަދު ހުސެއިން ޝަރީފު (މުންދު) މީގެ ކުރިން ވިދާޅުވެފައިވަނީ ފުށިދިއްގަރުފަޅު ހިއްކިގެންދާއިރު، އެތަނުގައި ފެރީ ގިމަތައެއް ހުންނަންޖެހޭކަމަށެވެ.

އަދި މަޝްވަރާ ކުރަމުންދަނީ ހައިޑްރޯފޮއިލް ހައިސްޕީޑުގައި މާލެއިން ރަސްމާލެއަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އޭނާ ވިދާޅުވި ގޮތުގައި ހައިޑްރޯފޮއިލް ހައިސްޕީޑުގައި މާލެއިން ރަސްމާލެއަށް ދިއުމަށް ހޭދަވާނެކަމަށް ބެލެވެނީ ހައެއްކަ ނުވަތަ އަށެއްކަ މިނެޓެވެ.

ވުމާއެކު، ފުށިދިއްގަރުފަޅު ހިކެމުންދާ ވަރަކަށް އެ ހިދުމަތްތައް ވެސް ގާއިމުކުރެވެމުންދާނީ އަވަސް ސްޕީޑެއްގައިކަން އޭރު މުންދު ފާހަގަކުރައްވާފައިވެއެވެ.

އެހެންނަމަވެސް ކުއްލި ގޮތަކަށް ރައީސް މިވަނީ މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި އިއުލާނުކުރައްވާފައެވެ. އެގޮތުން މި މަސައްކަތް ކުރުމަށްޓަކައި އެކަމުގެ ޤާބިލްކަން ހުރި ކުންފުނިތަކާ އެކު މިހާރު މަޝްވަރާކުރައްވާ ފީޒިބިލިޓީ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް