ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 18:22
ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި އޭނާގެ އަންހެން ދަރިފުޅު މާސާގެ ހަށިގަނޑު، މުހައްމަދު ޝައުމާން އުފުލަނީ
ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި އޭނާގެ އަންހެން ދަރިފުޅު މާސާގެ ހަށިގަނޑު، މުހައްމަދު ޝައުމާން އުފުލަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމަ ހުއްޓާލަން ގޮވާލުން
އިސްރާއީލާއި ހަމާސް ހަނގުރާމަ ދާއިމީގޮތެއްގައި ހުއްޓާލުމަށް އީޔޫގެ ޕާލަމެންޓުން ފުރަތަމަ ފަހަރަށް ގޮވާލައިފި
 
އީޔޫގެ މި ގަރާރު ފާސްކޮށްފައިވާއިރު، ޣައްޒާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 24،000ށްވުރެ މައްޗަށް އަރާފައިވޭ

އިސްރާއީލާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދާއިމީގޮތެއްގައި ހުއްޓާލުމަށް، ޔޫރަޕިއަން ޕާލަމެންޓުން ފުރަތަމަ ފަހަރަށް ގޮވާލައިފިއެވެ.

ޔޫރަޕިއަން ޕާލަމެންޓުން ހަނގުރާމަ ހުއްޓާލުމަށް ފުރަތަމަ ފަހަރަށް ގޮވާލާފައިވަނީ، ޣައްޒާގައި ދާއިމީ ހަނގުރާމަ ހުއްޓާލުމަށާއި އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ސިޔާސީ މަސައްކަތްތައް ފެށުމުގެ ގޮތުންނެވެ.

ސްޓްރަސްބާގްގެ ޕްލެނަރީ ޗެމްބަރުގައި މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ގަރާރަކީ މުޅިން ސިމްބޮލިކް އަދި ގާނޫނީ އެއްވެސް ބަރުދަނެއް ނެތް ގަރާރެކެވެ.

ޣައްޒާގެ އާންމުންނަށް ފޯރުކޮށްދޭ އެހީތައް އިތުރުކުރުމަށް ހަނގުރާމަ މެދުކަނޑާލަން ގޮވާލައި، މިދިޔަ އޮކްޓޫބަރު މަހު އެއްބަސްވި ޕާލަމެންޓުގެ ކުރީގެ ސިޔާސަތަށް ވަރަށް ބޮޑު ބަދަލެއް ގެނައުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ. އެގަރާރު ފާސްކޮށްފައިވަނީ 500 ވޯޓުންނެވެ.

އީޔޫގެ މި ގަރާރު ފާސްކޮށްފައިވާއިރު، ހަމާސް ޖަމާއަތުން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޣައްޒާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 24،000ށްވުރެ މައްޗަށް އަރާފައިވާ ކަމުގައެވެ.

ހެމިސައިކަލްގެ ވާތު ފިކުރުގެ އަދި ސެންޓްރިސްޓް ޖަމާއަތްތަކުން ފާޅުގައި ހަނގުރާމަ ހުއްޓާލުމުގެ ގޮވާލުމަށް ތާއީދުކުރިއިރު، ޗެމްބަރުގައި ހިމެނޭ އެންމެ ބޮޑު ގްރޫޕް ކަމަށްވާ ސެންޓްރަލް ރައިޓް ޔޫރަޕިއަން ޕީޕަލްސް ޕާޓީ (އީޕީޕީ)ގެ މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ގަރާރު ފާސްކުރީ ޣައްޒާގައި ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލުމާއި އީޔޫގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަމާސް ޖަމާއަތް "ރޫޅާލުމަށް" ޝަރުތުތަކާއެކު ހަނގުރާމަ ހުއްޓާލަން ޖެހޭކަމަށް ބުނެ، އިސްލާހު ފާސްކުރުމާ ގުޅިގެންނެވެ.

އީޕީޕީ ޖަމާއަތުގެ އެމްއީޕީ އެންޓޯނިއޯ ލޮޕޭޒް-އިސްތޫރިޒް އަންގާރަ ދުވަހު ޔޫރަޕިއަން ޕާލަމެންޓުގައި ވިދާޅުވީ ހަމާސްއާއި އެހެނިހެން ޓެރަރިސްޓް ޖަމާއަތްތަކުން ފަލަސްތީނުގެ މަގުސަދު ހައިޖެކްކޮށް، މި ސަރަހައްދުގެ ހަމައެކަނި ޑިމޮކްރަސީ ކަމަށްވާ އިސްރާއީލުގެ އޮތުމަށް ނުރައްކާވާހާ ހިނދަކު ދެމެހެއްޓެނިވި ސުލްހައެއް ނޯންނާނެ ކަމަށެވެ.

މި މައްސަލައިގެ ގަރާރު ގެނައުމަށްޓަކައި ކުރަން ޖެހުނު އުނދަގޫ ސިޔާސީ ހަމަނުޖެހުންތަކުގެ ނިޝާނެއްގެ ގޮތުން ބެލްޖިއަމްގެ އެމްއީޕީ ފޯ ރިނިއު ޔޫރަޕް ހިލްޑޭ ވައުޓްމަންސް ވަނީ ފާއިތުވި ދުވަސްތަކުގައި އެތައް ގަޑިއިރެއްވަންދެން ކުރެވުނު މަޝްވަރާތަކަށްފަހު އެއްބައިވަންތަކަން ހޯދުމަށް ހެމިސައިކަލްގެ ކިބައިން އެދިވަޑައިގެންފައެވެ.

ވޯޓުގެ ކުރިން އެކަމަނާ ވިދާޅުވީ އީޔޫގެ "ބައިނަލްއަގުވާމީ އިތުބާރު" ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

ބެލްޖިއަމް، އަޔަލޭންޑް އަދި ސްޕެއިން ފަދަ ގައުމުތަކުން އެދުނު ނަމަވެސް، އެ ބްލޮކްގެ 27 ލީޑަރުންގެ އިއްތިފާގުން އަދި ވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެއް ނުވެއެވެ. މިހާތަނަށް އެމީހުންގެ ރަސްމީ ލައިން ފޯކަސްކޮށްފައި ވަނީ "ހިއުމެނިޓޭރިއަން ސްޓޮޕްސް އެންޑް ކޮރިޑޯސް" އަށެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ސަމިޓް ނިމިގެން ދިޔައީ، ޣައްޒާއާބެހޭ ގޮތުން އާ ނިންމުމެއް ނުނިންމައި، މީގެ ދުވަސްކޮޅެއް ކުރިން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އދ.ގެ އާންމު މަޖިލީހުގެ ގަރާރަށް މެމްބަރު ގައުމުތަކުގެ އަޣުލަބިއްޔަތުން ތާއީދުކޮށްފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް