ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 11:20
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު
ރައީސް އޮފީސް
ފެނަކަ މުވައްޒަފުން ވަކިކުރުން
ދިއްދޫ ފެނަކަ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ މަޖިލީހަށް
 
މުވައްޒަފުން ވަކިކުރުމުން އިންޖީނުގޭގެ މަސައްކަތް ވަނީ ހުއްޓިފައި

ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރެސްކުރައްވާ، މެންބަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ ދިއްދޫ އައު އިންޖީނުގެއާއި، އައިސް ޕްލާންޓުގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން، އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލާ، ކުއްލި ގޮތަކަށް އެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރިކަން އެ މުވައްޒަފުންގެ ފަރާތުން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން، އެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ލިބި، އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން މި ވަގުތު އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި އިންޖީނުގޭގެ މަސައްކަތް ނުނިމޭ ކަމަށާއި، އެހެންކަމުން އެ މުވައްޒަފުން ކުއްލިގޮތަކަށް ވަޒީފާތަކުން ވަކިކުރުމުން، އެ މަސައްކަތް ހުއްޓި އަދި މުވައްޒަފުންނާއި އާއިލާތަކަށް ބޮޑު ގެއްލުންތަކާއި ނިކަމެތިކަމެއް މެދުވެރިވެގެންދާނެ ކަމަށް ކަމުގައި ދޭކަމަށް މެންބަރު ވިދާޅުވެފައިވެއެވެ. މުވައްޒަފުން ވަޒީފާއިން ވަކިކުރުންވެސް މެންބަރު ވަނީ ކުށްވެރިކޮށްފައެވެ.

މެންބަރު ވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އައު އިންޖީނުގެއާއި އައިސްޕްލާންޓުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއަޅާ، އެ މަސައްކަތްތައް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކައަށް ދެންނެވުމަށްޓަކައި، އެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް
ގުޅުންހުރި
މި ސަރުކާރުން ދައްކަނީ ހުސް ކުރެހުން، މަޝްރޫއެއް ނުހިންގޭ: ވަހީދު
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި