ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 07:10
ޣައްޒާގައި އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ގިނައިން ޝަހީދުވަނީ ޢާއްމުން
ޣައްޒާގައި އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ގިނައިން ޝަހީދުވަނީ ޢާއްމުން
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމައަކީ "މި ގަރުނުގައި މަދަނީ އާބާދީއަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ": ނޯވޭ
 
އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 24،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައި

ޣައްޒާ ހަނގުރާމައަކީ މި ގަރުނުގައި މަދަނީ އާބާދީއަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ ކަމުގައި ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖަން އެގެލަންޑް ވިދާޅުވެއްޖެއެވެ.

ޣައްޒާގެ އިންސާނީ ހާލަތު ގޯސްވެފައިވާތީ ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖަން އެގެލަންޑް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާ ގިނަ ބަޔަކު މިހާ ދިގު މުއްދަތަކަށް ބޮމުގެ ހަމަލާތަކުގައި ތާށިވެފައި އަދި މިހާތަނަށް ނުވާ ކަމަށެވެ.

"ފާއިތުވި 100 ދުވަހުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނަށް މި ގަރުނުގައި އެއްވެސް މަދަނީ އާބާދީއަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާގެ ޝިކާރައަކަށް ވެއްޖެ،" އެގެލޭންޑް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ އިސްރާއީލު ސިފައިން ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި، މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގެ އެއްވެސް ހަނގުރާމައެއްގައި ކުޑަކުދިންނަށް ލިބުނު ގެއްލުންތައް ފަހަނައަޅައި ގޮސްފައިވާ ކަމެއް ކަމަށެވެ. އަދި މި ހައިރާންކުރުވަނިވި ހަގީގަތަކީ ޣައްޒާގައި ހިނގަމުންދާ އާދަޔާ ހިލާފު ހިތާމަވެރި ހާދިސާގެ ބިރުވެރި ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ ދުނިޔޭގެ ލީޑަރުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ތިން މަހަށްވުރެ ގިނަ ދުވަސް ވަންދެން ޣައްޒާގައި ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްރޯޑްކާސްޓްކުރަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް މަދަނީ ހިތާމަތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް މަދުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ޣައްޒާގެ ވަށާލާފައިވާ އާބާދީ ވަރަށް އަވަހަށް ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ، އިސްރާއީލަށް ހަތިޔާރާއި ސިޔާސީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމުތަކުން އެކަމާ ވިސްނަންޖެހޭނެ
ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

މީގެ އިތުރުން އޭނާ ވަނީ ވަގުތުން ވަގުތަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، ޣައްޒާގެ އެކި ކަންކޮޅުތަކުގައި ރިލީފް އަދި އެހީ ފޯރުކޮށްދިނުން އަލުން ފެށުމަށް ގޮވާލައްވައި، އިންސާނުންގެ ދިރިއުޅުމުގެ މި ހަލަބޮލިކަން ނިމުމަކަށް ގެނައުމުގެ ހަމައެކަނި އުއްމީދަކީ ހަނގުރާމަ ހުއްޓާލުން ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ދަނީ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ހުރަސް އަޅަމުން،  ބޭސްފަރުވާއާއި ކާބޯތަކެއްޗާއި ސާފު ފެނުގެ ދަތިކަން އަދިވެސް ނެތް އެތައް ލައްކަ ކުށެއް ނެތް އާންމުން ދިރިއުޅެމުން އަންނަ ވަށާލާފައިވާ ސަރަޙައްދަށް ފޯރުކޮށްދެވެނީ ވަރަށް މަދު އެހީ އެއްކަން ފާހަގަކުރައްވައި އެގެލޭންޑް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަލަސްޠީނުގެ ގިނަ ރައްޔިތުން ތިބީ ގަދަ ފިނިމޫސުމަށް ތައްޔާރުނުވެ ކަމަށާއި، ފިނި މޫސުގައި ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް