ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 13:46
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު ހުޅަނގު އައްސޭރީގައި ރެއިޑްތައް ވަނީ ވަރުގަދަކޮށްފައި
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު ހުޅަނގު އައްސޭރީގައި ރެއިޑްތައް ވަނީ ވަރުގަދަކޮށްފައި
ގެޓީ އިމޭޖަސް
އިސްރާއީލްގެ އުދުވާންތައް
ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި
 
ހުޅަނގު އައްސޭރީގެ ބައެއް ސިޓީތަކުގައި އިސްރާއީލު ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އާދީއްތަ ދުވަހު ހިނގި އެކި ހާދިސާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ. އޭގެ ތެރޭގައި ޗެކްޕޮއިންޓެއް ތެރެއަށް ބާރުސްޕީޑްގައި ދުއްވާފައި ގޮސް ވައްދާލި ކާރެއްގައި ތިބި ދެމީހުންވެސް ހިމެނެއެވެ. އެ ދެމީހުން ވެސް އިސްރާއީލްގެ ސިފައިން ވަނީ ބަޑިޖަހައި މަރާލައިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެބްރޯން ސިޓީގެ ޗެކްޕޮއިންޓެއްގެ ތެރެއަށް ދުއްވާފައި ދިޔަ ކާރެއްގެ ފަހަތުން ސިފައިން ގޮސް ޓެރަރިސްޓުންނާ ދިމާލަށް ހަމަލާދީ އެމީހުން މަރާލާފައިވާ ކަމަށެވެ.

އެ މީހުން މަރާލާފައިވާކަން ރަމަاللهގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފައިވާއިރު ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ އެ މީހުންގެ ހަށިތައް ލިބިފައިވާ ކަމަށް ބުނެފައެވެ.

އާދީއްތަ ދުވަހުގެރޭ ގެ ވަގުތެއްގައި އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ރަމަالله ކައިރީގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ދެ ކުއްޖަކު މަރާލާފައިވާ ކަމަށެވެ.

އަސްކަރިއްޔާއިން ބުނީ އެ ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދެ މީހަކުއައިސް ސިފައިންނާ ދިމާލަށް ގޮވާތަކެތި އުކާފައިވާ ކަމަށެވެ.

ތިން ވަނަ ހާދިސާއެއްގައި ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޖެރީކޯ ސިޓީ ކައިރީގައި އޮންނަ ރެފިއުޖީ ކޭމްޕެއްގައި އިސްރާއީލު ސިފައިން ބަޑިޖަހައި އިތުރު ޒުވާނަކު މަރާލާފައިވާ ކަމަށެވެ.

ޖެރީކޯގެ މެޑިކަލް މަސްދަރުތަކުން އޭއެފްޕީގެ ނޫސްވެރިޔަކަށް މައުލޫމާތު ދެމުން ބުނީ، އަސްކަރިއްޔާއިން ކޭމްޕަށް ވަދެ، ބޭނުންވި މީހަކު ހައްޔަރުކުރަން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 16 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިތުރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން އަނިޔާވެރި އަސްކަރީ ޙަމަލާތަކުގައި މިހާތަނަށް 24،000 އެއްހާ މީހުން ޝަހީދުވުމާ ގުޅިގެން ހުޅަނގު އައްސޭރީގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކާއި ވަޒަންވެރިން ދިން ހަމަލާތަކުގައި އޭގެ ފަހުން ހުޅަނގު އައްސޭރީގައި 343 މީހުން މަރުވެފައިވާ ކަމަށް  ދެ ފަރާތުގެ މަސްދަރަށް ބިނާކޮށް އޭއެފްޕީން ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ.

ހުޅަނގު އައްސޭރީގައި މިދިޔަ އަހަރު ފަލަސްތީނުގެ 520 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ފަލަސްތީނުގެ ގާތްގަނޑަކަށް ތިން މިލިއަން މީހުން ދިރިއުޅޭ ހުޅަނގު އައްސޭރި އިސްރާއީލުން ވަނީ 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައަށް ފަހު ގަވައިދާ ހިލާފަށް ހިފާފައެވެ.

ހިފާފައިވާ އިރުމަތީ ގުދުސް ފިޔަވައި، އެ ސަރަހައްދަކީ  ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ހިލާފު ކަމަށް ބެލެވޭ އާބާދީތަކުގައި ދިރިއުޅޭ އިސްރާއީލުގެ ގާތްގަނޑަކަށް 490،000 މީހުން ދިރިއުޅޭ ސަރަހައްދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް