Advertisement
ކ. މާލެ
|
13 ޖެނުއަރީ 2024 | ހޮނިހިރު 11:33
ސޯޝަލް ސެންޓަރގައި އޮފީސް ހަދައިގެން ހަރަކާތްތެރިވަނީ
ސޯޝަލް ސެންޓަރގައި އޮފީސް ހަދައިގެން ހަރަކާތްތެރިވަނީ
ސޯޝަލް މީޑިއާ
މާލެ ސިޓީގެ ބައި އިލެކްޝަން
ސަރުކާރުން ސޯޝަލް ސެންޓަރގައި އޮފީސް ހަދައިގެން ތިބިކަމުގެ ތުހުމަތު - އީސީ އަށް ނުރަސްމީކޮށް ޝަކުވާ ލިބިފައިވޭ
ސަރުކާރުން އުސޫލާއި ޚިލާފުވާ ކަމަށް ބުނެ ކަންބޮޑުވުންތައް މީސްމީޑިއާގައި އާއްމުން ދަނީ ހިއްސާކުރަމުން

ސަރުކާރުން ސޯޝަލް ސެންޓަރގައި އޮފީސް ހަދައިގެން ތިބިކަމަށް ތުހުމަތުކޮށް، ސޯޝަލް ސެންޓަރ ތެރޭގައި އިންތިޚާބާއި ގުޅުން ހުރި މަސައްކަތްތައް ކުރާ މަންޒަރުތައް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާއި ފޮޓޯ އިން އިން ފެންނަނީ އާއްމު މީހަކު ބަޔަކު ސޯޝަލް ސެންޓަރގެ ޔޫތް ވިންގްބައިގައި ތިބިތަން ވީީޑިއޯ އާއި ފޮޓޯ ނަގާފައިވާ މަންޒަރެވެ. އަދި އެތަނުގައި ކުރަމުން ދަނީ އިންތިޚާބާއި ގުޅުން ހުރި މަސައްކަތްތައް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ އޭނާ އަށް ނުރަސްމީ ސިފައެއްގައި ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާއި ގުޅޭ ރަސްމީ ޝަކުވާ އެއް އަދި ހުށަހެޅިފައި ނުވާ ކަަމަށާއި ޝަކުވާ ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާ ހުށަހެޅުން އެދިވަޑައިގަންނަވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

އެހެންކަމުން އެފަދަ އެއްވެސް ކަމެއް ހިނގާނަމަ ވީހާވެސް އަވަހަށް އެކަން އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް ރިޕޯޓްކުރުމަށް ފުއާދު ވަނީ އެދިވަޑައިގަންނަވާފައެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދާ އިންތިޚާބުގައި އުސޫލުން ބޭރުން ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުން އަމަލުކުރަމުންދާ ކަމަށް ބުނާ ޝަކުވާތައް ދަނީ ފެންމަތިވަމުންނެވެ. އަދި އެފަދަ ކަންބޮޑުވުންތައް މީސްމީޑިއާގައި އާއްމުން ދަނީ ހިއްސާކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް