ކ. މާލެ
|
10 ޖެނުއަރީ 2024 | ބުދަ 07:08
ހދ. ކޭލަކުނު، އެތަނުގައި ފްލޯޓިންގ ރިސޯޓެއް ހެދުމަށް ޖަމިއްޔާތަކުން ދެކޮޅު ހަދައިފި
ހދ. ކޭލަކުނު، އެތަނުގައި ފްލޯޓިންގ ރިސޯޓެއް ހެދުމަށް ޖަމިއްޔާތަކުން ދެކޮޅު ހަދައިފި
ރާއްޖެ އެމްވީ
ކޭލަކުނު ހިމާޔަތްކުރުން
ކޭލަކުނުގައި ފްލޯޓިންގ ރިސޯޓު ހަދާތީ 6 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި
 
ސަރުކާރުން ވެސް އެތަން ހިމާޔަތްކުރުމުގައި ބައިވެރިވުމަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފައި
 
ކޭލަކުނަކީ ގުދުރަތީ ތަފާތު ރީތި ސިފަތަކެއް ލިބިފައިވާތަނެއް

ގުދުރަތީގޮތުން ތަފާތު ރީތިކަމެއް ލިބިފައިވާ ކޭލަކުނުގައި ފްލޯޓިން ރިސޯޓެއް ތަރައްގީ ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން އައު ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން 6 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޭލަކުނުގައި މި ސަރުކާރުން ފްލޯޓިންގ ރިސޯޓެއް ތަރައްގީކުރުމަށް ނިންމުމާއި ގުޅިގެން، ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެސޯސިއޭޝަން އޮފް ޑިމޮކްރަސީ މޯލްޑިވްސް، ބެލީފް މޯލްޑިވްސް، އިކޯކެއަރ މޯލްޑިވްސް، ސޭވް މޯލްޑިވްސް ކެމްޕޭން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޒީރޯ ވޭސްޓް މޯލްޑިވްސްއެވެ.

މި ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލާފައިވަނީ، ހދ. ކޭލަކުނަކީ އެއީ މަދުން ނޫނީ ނުފެންނަ ވައިލްޑް މެންގްރޯވް ހެދޭ ރަށަކަށް ވެފައި ވީހާވެސް ބޮޑަށް އެތަނަށް މީހުން ދިއުން މަދުކުރުމަށެވެ. މީގެ އިތުރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން 2017 ވަނަ އަހަރު ޓޫރިޒަމް ތަރައްގީ ކުރުމަށް ބިޑް ކުރުމަށް ހޮވާފައިވާ ރަށްތަކުގެ ލިސްޓަކަށް ކޭލަކުނު އިތުރު ކުރަން ނިންމާފައިވަނީކޮށް، މަދަނީ ޖަމިއްޔާތަކާއި ތިމާވެށީގެ ވަކާލާތުކުރާ ފަރާތްތަކުގެ ޕްރެޝަރާއެކު، އެ ރަށުގެ މުހިންމު ގުދުރަތީ ތަރިކަ ހިމާޔަތްކޮށް ބަޔޯސްފިއާއެއްގެ ގޮތުގައި އިއުލާން ކުރުމަށް ޑިމާންޑް ކުރި ކުރުމާއެކު އެ މަސައްކަތް ޑިސެމްބަރު 2018 ގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ކަމަށެވެ.

އަދި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ސަރުކާރުތަކުން އަރައިގަނެ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި، ގުދުރަތީގޮތުން ކާނާ ލިބެން ހުންނަ ވަސީލަތްތައް ނައްތާލަމުންދާކަމަށް މި ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. އެގޮތުން ހުރާގައި އޮންނަ ކާފު އަތޮޅުގެ އެންމެ ފަހުގެ ކަނޑޫފާ، ބިން ހިއްކުމުގެ ސަބަބުން ފުނޑުފުނޑުވެ ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި އައްޑޫ އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ކަނޑު ހިމާޔަތްކޮށްފައިވާ އަދި ނާޒުކު އެތައް ސަރަޙައްދެއް 2023 ވަނަ އަހަރު ބިން ހިއްކުމަށް ފަސް ނެގުމުގެ ސަބަބުން ހަލާކުވެފައިވާކަން ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޭލަކުނަކީ ރާއްޖޭގެ ހަމައެކަނި ރަށް ކަމުގައިވާ އެވޭސެނިއާ މެރީނާ (ބަރު ގަސް) މެންގްރޯވް ގިނައިން ހުންނަ ފަޅު ފަދަ ސިފަތައް ހުންނަ ހަމައެކަނި ރަށް ކަމަށާއި، އިންޓަނޭޝަނަލް ސޮސައިޓީ ފޯ މެންގްރޯވް އިކޯސިސްޓަމްސް އިން 2001 ވަނަ އަހަރު ރާއްޖޭގެ ސަރުކާރަށް ލަފާދީފައި ވަނީ "އެވިސެނިއާ މެރީނާ ގިނައިން އުޅޭ ބޮޑު ރީތި މެންގްރޯވް ފަޅެއް މިޒަމާނުގައި ދުނިޔޭގައި އެހާ ގިނަ ނޫން" ކަމަށާއި އެހާ ރީތި މެންގްރޯވް ހަލާކުކޮށްލައިފިނަމަ އަވިސެނިއާ މެރީނާ ގަސް ހިމެނޭ ފަލެއް، ދެން ދުވަހަކު ވެސް ނުލިބިދާނެ ކަމަށެވެ.

މި ޖަމިއްޔާތަކުން ވަނީ އީކޯ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކޭލަކުނު ތަރައްޤީކުރުމާ ދެކޮޅަށް ތެދުވުމުގެ އިތުރުން، ސަރުކާރުން ވެސް އެ ޝުޢޫރުތައް ގެންގުޅުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ހަރަކާތްތައް ތަރައްގީކުރާއިރު، މުހިންމު އިކޯސިސްޓަމްތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓަށް ފައިސާދޭ ފަރާތުގެ މަސްލަހަތު އިސްކުރެވޭ - ޓްރާންސްޕޭރެންސީ
މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
މަޖިލިސް އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރަނގަޅު، ހާމަކަން ބޮޑު، ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ - ޓްރާންސްޕޭރެންސީ
އައު ސަރުކާރުން މާލީބަޔާންތައް ހާމަނުކުރުމަކީ ކަންބޮޑުވާކަމެއް - ޓްރާންސްޕޭރެންސީ މޯލްޑިވްސް
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
ނިޒާމީ ވޯޓާ ގުޅުންހުރި އިސްލާހު ބަލައި ނުގަތުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި
ކުރު މުއްދަތުގެ ސިޔާސީ މަންފާއެއް ހާސިލުކުރަން ރިފަރަންޑަމެއް ބޭއްވިގެން ނުވާނެ: ޓްރާންސްޕޭރެންސީ
އިންތިހާބީ މަރުހަލާތަކާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް މަސައްކަތްކުރުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި