ކ. މާލެ
|
8 ޖެނުއަރީ 2024 | ހޯމަ 15:05
ފުލުހުން
ފުލުހުން
ރާއްޖެއެމްވީ
ފުލުހުންގެ އޮޕަރޭޝަންތައް
މާލޭގެ ބާރުބޮޑު މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމުގައި އިތުރު ފުލުހުން ހަރަކާތްތެރިވަނީ
ބޮޑެތި ސްކޫލުތައްދޮށް ސްޓެޓިކްކޮށް ބެލެހެއްޓުމާއި ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ
އިތުރު ފުލުހުން މަގުތަކަށް ޑިޕްލޯއިކޮށްގެން، މީހުން އާއްމުކޮށް އެއްވެއުޅޭ ސަރަހައްދުތައް ބަލާނެ

މާލޭގެ ބާރުބޮޑު މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމުގައި އިތުރު ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމަށާއި، މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމުގެ ގޮތުން، މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ޑިއުޓީކުރަން ފަށާފައިވާކަމަށެވެ.

Advertisement

އެގޮތުގެ މަތިން މާލެއާއި ހުޅުމާލޭގެ ބޮޑެތި ސްކޫލުތައްދޮށް ސްޓެޓިކްކޮށް ބެލެހެއްޓުމާއި، ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެއެވެ.

އަދި އިތުރު ފުލުހުން މަގުތަކަށް ޑިޕްލޯއިކޮށްގެން، މީހުން އާއްމުކޮށް އެއްވެއުޅޭ ސަރަހައްދުތަކާއި ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި އާއްމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް