ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 12:55
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ފެށި ލާއިންސާނީ ހަނގުރާމައަށް ފަހު ޣައްޒާއިން ވަނީ އާންމުންގެ 22،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައި
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ފެށި ލާއިންސާނީ ހަނގުރާމައަށް ފަހު ޣައްޒާއިން ވަނީ އާންމުންގެ 22،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައި
ރޮއިޓާސް
ޣައްޒާއަށް ދެމުންދާ ހަމަލާތައް
ޣައްޒާގެ ޢާއްމުން ދިރިއުޅޭ 355،000 ގެދޮރާއި 203 މިސްކިތް މިހާތަނަށް އިސްރާއީލުން ބިމާ ހަމަކޮށްލައިފި
 
މި ގެއްލުންތަކުގެ އަސަރު އެމްބިއުލާންސާއި ބޭކަރީތަކަށް ވެސް ވަނީ ކޮށްފައި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ޢާއްމުން ދިރިއުޅޭ 355،000 ގެދޮރާއި 203 މިސްކިތް މިހާތަނަށް ބިމާ ހަމަކޮށްލައިފި ކަމުގައި ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަލްޖަޒީރާއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ 355،000 ރެސިޑެންޝަލް ޔުނިޓް ހަލާކުކޮށް، ގެއްލުންދީފައެވެ.

އަދި އޭގެއިތުރުން ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 370 ސްކޫލަށާއި އެފަދަ ތައުލީމީ 203 އިދާރާއަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، މިހާރު ހުރި 36 ހޮސްޕިޓަލުގެ ތެރެއިން 23 ހޮސްޕިޓަލެއް މިހާރު ވެސް ވަނީ ފުނޑުފުނޑުވެ، ނާޒުކު ސިއްހީ ނިޒާމެއްގެ ތެރޭގައި ބަންދުވެފައެވެ.

މި ގެއްލުންތަކުގެ އަސަރު އެމްބިއުލާންސާއި ބޭކަރީތަކަށް ވެސް ވަނީ ކޮށްފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަނގުރާމަ ދަނީ ވަރުގަދަ ކުރަމުންނެވެ. އަދި އދ.ގެ ހުރިހާ ގަރާރުތަކަކާއި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތަކަށް ވެސް އެމީހުން ދަނީ ދެކޮޅު ހަދަމުންނެވެ.

މިހާތަނަށް މި ހަނގުރާމަގައި މަރުވި ފަލަސްތީނުގެ މީހުންގެ ރަސްމީ އަދަދުތައް ބުނާ ގޮތުން 21،822 އަށް ވުރެ ގިނަ މީހުން އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުކޮށްލި އިރު އޭގެ ތެރޭގައި 8،800 ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 83 ކުޑަކުދިންނާއެކު 319 މީހުން ވަނީ މަރުވެފައެވެ.

ވަށާލާފައިވާ ޣައްޒާގައި މިހާތަނަށް 56،451 މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި 8،663 ކުޑަކުދިން ހިމެނޭއިރު، އާންމުންގެ 7،000 މީހުން ވަނީ ގެއްލިފައެވެ.

އަދި އޭގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ވަނީ 3،600 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައެވެ.

ފަލަސްތީނުގެ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލާފައިވީ ނަމަވެސް އިސްރާއީލު ސިފައިން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ކުރިއަށް ގެންދާތީ މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައްބ ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި