ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 11:06
ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި
ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓު
ވާރޭވެހި ކްރިމިނަލް ކޯޓުގެ ހުރިހާ ޝަރީއަތެއް ކެންސަލް، ސާވަރ ރޫމާއި އޭސީން ފެން، މުވައްޒަފުން ފެން ހިންދުމުގައި!
 
ޝަރީއަތްތައް ހިންގަން ޖެހެނީ ބޭނުން ކުރެވޭ ގޮތަށް ހުރި ބައިގައި ހުރި ޝަރީއަތް ކުރާ މާލަމްތައް ގާޒީންގެ މެދުގައި ބަހާލައިގެން
 
ވާރޭ ވެހުމުގެ ސަބަބުން ކޯޓުގެ ސާވަރ ރޫމަށްވެސް ވަނީ ފެނުގެ އަސަރުކޮށްފައި
 
ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރި ތަނެއް ނޫން

މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ހުރިހާ އަޑުއެހުންތަކެއް ކެންސަލްކުރަން ޖެހިއްޖެއެވެ.

އާދިއްތަ ދުވަހުވެސް ކްރިމިނަލް ކޯޓުގައި އެކި މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކޮށްފައި ހުއްޓެވެ. ނަމަވެސް ވާރޭ ވެހުމުގެ ސަބަބުން ކޯޓުގެ އިމާރާތަށް އެކި ކަހަލަ ގެއްލުންތައް ވެފައިވާއިރު، ހުރިހާ އަޑުއެހުންތައްވެސް ކެންސަލްކުރަން ވަނީ ޖެހިފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުުކުރުމުން އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ކްރިމިނަލް ކޯޓުގައި ހުރި ބޭނުން ކުރެވޭ ބަޔަށްވެސް ފެނުގެ އަސަރު ކުރަމުންދާކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރަތް ބާވެ ހަލާކުވެފައިވާތީ މިހާރު ކޯޓުގައި ޝަރީއަތްތައް ހިންގަން ޖެހެނީ ބޭނުން ކުރެވޭ ގޮތަށް ހުރި ބައިގައި ހުރި ޝަރީއަތް ކުރާ މާލަމްތައް ގާޒީންގެ މެދުގައި ބަހާލައިގެންނެވެ. ނަމަވެސް މިހާރު އެތަންތަނަށްވެސް ފެނުގެ އަސަރު ކުރުމުގެ ސަބަބުން މިވަނީ ބޭނުން ނުކުރެވިފައެވެ.

އެކަމުގެ ސަބަބުން އާދިއްތަ ދުވަހަށް ތާވަލު ކުރެވިފައިވާ ހުރިހާ އަޑުއެހުމެއް ކެންސަލް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ވާރޭ ވެހުމުގެ ސަބަބުން ކޯޓުގެ ސާވަރ ރޫމަށްވެސް ވަނީ ފެނުގެ އަސަރުކޮށްފައެވެ. ކޯޓުގައި ހުރި އޭސީތަކަށްވެސް ފެނުގެ އަސަރުކޮށްފައިވާއިރު، މުޅި ތަނުގައި ފެންބޮޑުވުމުގެ ސަބަބުން ބާލިދީ ބަހައްޓައިގެން މުވައްޒަފުން ވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވަރއަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި - ރާއްޖެއެމްވީ

ކްރިމިނަލް ކޯޓަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ 70 އިންސައްތައަށް ވުރެ ގިނަ މައްސަލަ ހުށަހަޅާ ކޯޓެވެ. ކްރިިނަލް ކޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ޝަރީއަތް ކުރާ ފަސް މާލަމެވެ. މި ފަސް މާލަމުގެ ތެރެއިން އެއް މާލަން ކޮންމެ ދުވަހަކުވެސް ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކަށް ހާއްސަ ކުރެވޭ އިރު ބާކީ ހުރި ހަތަރު މާލަން، ގާޒީންގެ މެދުގައި ހަމަހަމަކޮށް ބަހާލައިގެން އަޑުއެހުންތައް ޝެޑިއުލް ކުރަންޖެހެއެވެ.

އިމާރާތުގެ ދަތިކަމުގެ ސަބަބުން އަޑުއެހުންތަކުގެ އަދަދު 50 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައިވާއިރު، މުވައްޒަފުންނާއި ގާޒީން މަސައްކަތް ކުރުމަށް ރައްކާތެރި މާހައުލެއް ނެތެވެ. މި ކަމުގެ ސަބަބުން ޝަރީއަތްތައް ނުހަނު ލަސްވެގެންވެސް ދެއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ ކަންކަން ޑީޖޭއޭގެ ބެލުމުގެ ދަށުން ކުރިއަށްގެންދާއިރު އެތަނަށް ބަދަލުވެވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް އެ ކޯޓުން މީގެ ކުރިން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރި ތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދީފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް