ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 15:55
ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި، ބަލި މީހަކަށް އެމްބިއުލާންސުގެ ޚިދުމަތް ފޯރުކޮށްދެނީ - ފައިލް ފޮޓޯ
ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި، ބަލި މީހަކަށް އެމްބިއުލާންސުގެ ޚިދުމަތް ފޯރުކޮށްދެނީ - ފައިލް ފޮޓޯ
ރާއްޖެއެމްވީ
ފައިލޭރިއާގެ ކޭސްތައް މާލެއިން ފެނުން
މާލެއިން އެކަކު އަދި ހުޅުމާލެއިން ފަސް މީހުން ފައިލޭއިރާއަށް ޕޮޒިޓިވްވެއްޖެ
 
ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ވަނީ ފުޅާކޮށްފައި
 
މިހާތަނަށް ކުރެވުނު ޓެސްޓުތަކުން ދިވެއްސަކު ޕޮޒިޓިވްވެފައެއްނުވޭ
 
ކުޅުދުއްފުށިން 25 މީހުން ޕޮޒިޓިވްވެފައިވޭ

މާލެއިން އެކަކު އަދި ހުޅުމާލެއިން ފަސް މީހުން ފައިލޭއިރާއަށް ޕޮޒިޓިވްވެފައި ވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އާދިއްތަ ދުވަހު އެޗްޕީއޭއިން ބުނީ، ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކޭމްޕެއްގެ ތެރެއިން، ފައިލޭރިއާގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާކަމަށެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ސިއްޔަތު ޖަމިއްޔާގެ ލަފައާއެކު ކުރެވެމުންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ބައްޔަށް ޓެސްޓުކުރުމުގެ ތެރޭގައި އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ 22 އަދި 23 ޑިސެމްބަރުގައި ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި އަދި މާލޭގެ ސަރަހައްދުތަކުގައި ކަމަށެވެ. އެގޮތުން މައިގަނޑުގޮތެއްގައި ޓެސްޓުކުރުން ކުރިއަށް ގެންދެވިފައިވަނީ ބިދޭސީ މަސައްކަތްތެރީން މަސައްކަތްކުރާ ސައިޓުތަކުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެއިން 29 މީހުން ޓެސްޓު ކުރެވުނުއިރު، 5 މީހުން ޕޮޒިޓިވްވެފައި ވާކަމަށާއި، ގުޅީފަޅުން 20 މީހުން ޓެސްޓު ކުރެވުނުއިރު، 1 އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މާލެއިން 15 މީހުން ޓެސްޓުކުރެވިފައިވާއިރު، 1 އެކަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ހދ. ކުޅުދުއްފުށިން 439 ބިދޭސީ މަސައްކަތްތެރިން ޓެސްޓުކޮށްފައިވާއިރު، 25 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާގެ ކޭސްތައް ފެނުމާގުޅިގެން ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް އައިއިރު 683 މީހުން ޓެސްޓުކޮށްފައި ވާކަމަށެވެ. އަދި 32 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ކުރެވުނު ޓެސްޓުތަކުން ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާކަމަށެވެ. ޕޮޒިޓިވްވެފައިވާ ނަތީޖާތަކަށް ބަލާއިރު، އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހުން، އިންޑިއާގެ ބިހާރުގެ 18 މީހުން، އިންޑީއާގެ ޓެމިލްނާޑޫގެ 01 އެކަކު، އިންޑިއާގެ ގޯޕާލްގަންޖު 01 އެކަކު އަދި ބަންގްލަދޭޝް 2 މީހުންނެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުންނަށް ބޭސްފަރުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދެވެނީ އެ އިދާރާގެ ބެލުމުގެދަށުން ކަމަށެވެ. އަދި މިހާތަނަށް ޕޮޒިޓިވްވި ހުރިހާ މީހުންނަށް ބޭސް ދެވިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ފުޅާކޮށް، ދިވެހިންނާއި ބިދޭސީން ހިމެނޭހެން ޓެސްޓުކުރުމުގެ މަަސައްކަތް ކުރަމުންދާކަމަށެވެ.

އެހެންކަމުން ޓެސްޓުކުރުމުގެ މަސައްކަތްތަކަށް އެންމެހާ ރައްޔިތުންނާއި ކަމާގުޅުންހުރި އިދާރާތަކުން (ބިދޭސީ މަސައްކަތްތެރީން ގެންގުޅޭ ކުންފުނިތައް ހިމެނޭހެން) އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް