Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 17:16
ކޮޅުވެއްޓިއެއް ދަތުރުކުރަމުންދާ މަންޒަރު
ކޮޅުވެއްޓިއެއް ދަތުރުކުރަމުންދާ މަންޒަރު
އެމްއެންޑީއެފް
ކަނޑުދަތުރުކުރުމުގައި ސަމާލުވު
ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިލްތިމާސްކޮށްފި
މެޓް އޮފީހުންވަނީ މިއަދު ވައިޓް އެލާޓް ނެރެފައި

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވެ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

 

އެމްއެންޑީއެފުން ބުނެފައިވަނީ ކަނޑުދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރު ކުރާ އުޅަނދުތަކުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ބަލައި ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް މުދާ ބަރުނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

 

ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭވުމަށާއި އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

މީގެ އިތުރުން ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ، ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް