Advertisement
ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 14:55
ރައީސް އަޒުލުކުރުމަށް އެދި ޕީޖީއަށް ހުށަހަޅާނެކަމަށް ވިދާޅުވުމުން ފޭސްބުކުގައި މީހަކު ވަނީ މެންބަރު ޝިފާއު ކަރު ކަނޑާލަންޖެހޭނެކަމަށް ބުނެ އިންޒާރުދީފައި
ރައީސް އަޒުލުކުރުމަށް އެދި ޕީޖީއަށް ހުށަހަޅާނެކަމަށް ވިދާޅުވުމުން ފޭސްބުކުގައި މީހަކު ވަނީ މެންބަރު ޝިފާއު ކަރު ކަނޑާލަންޖެހޭނެކަމަށް ބުނެ އިންޒާރުދީފައި
ރާއްޖެއެމްވީ
މެންބަރު ޝިފާއު
މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަންފަށައިފި
ހޯމަ ދުވަހު މަޖިލީހުން ވަނީ އެ މައްސަލަ ބަލައިދިނުމަށް ވަނީ ފުލުހުންނަށް ހުށަހަޅާފައި
ފުލުހުން ބުނީ މަރުގެ އިންޒާރުގެ މައްސަލަ ބަލަން އެދިފައިވާ ކަމަށާއި އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް
މެންބަރު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވަނީ އާމުންގެ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅާ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މަޖިލީހުން ބުނީ މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެ މައްސަލަ ބަލާ، ތަހުގީގުކުރުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އެދި ދިފާއީ ވުޒާރާގައި ދަންނަވާފައިވާނެ ކަމަށް ވެސް މަޖިލީހުން ބުނެއެވެ.

ފުލުހުން ބުނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ހޯމަ ދުވަހުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުން، ސިޓީއަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Advertisement

ރައީސް މުއިއްޒު މަގާމުން ވަކިކުރާނެކަމަށް ވިދާޅުވި ޚަބަރު ފޭސްބުކްގައި ޕޯސްޓުކުރަމުން މީހަކު ހުތުރު ބަހުރުވައިން ޝިފާއުއަށް މުޚާތަބުކޮށް ބުނެފައިވަނީ "ކަރުވެސް ކަނޑާލަން ޖެހިދާނެ" ކަމަށެވެ. ޝިފާއުއަށް މަރުގެ އިންޒާރު ދިން މީހާ ވަނީ އިންޒާރުދީ އެކި ޕޯސްޓްތައް ފޭސްބުކުގައި ލިޔެފައެވެ.

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
- ކޮމެންޓް