ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 17:59
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުން
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުން
ޕީއެންސީ
އދ. ހަންޏާމީދޫ ބައި އިލެކްޝަން
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އިންތިޚާބުން ޕީޕީއެމް-ޕީއެންސީއަށް ނާކާމިޔާބު
 
ބާއްވާފައިވަނީ ހއ. ކެލާ، ނ. މާފަރު އަދި އދ. ހަންޏާމީދޫ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކުގެ ބައި އިލެކްޝަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ އިންތިޚާބު ކަމަށްވާ، ބައެއް ރަށްރަށުގެ ކައުންސިލް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުން ވެރިކަމުގައި އޮތް ޕީޕީއެމް-ޕީއެންސީ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ، ހއ. ކެލާ، ނ. މާފަރު އަދި އދ. ހަންޏާމީދޫ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކުގެ ބައި އިލެކްޝަންގެ ނަތީޖާ ދައްކާގޮތުން، ހަންޏާމީދޫގެ ވޯޓުގައި ވާދަކުރެއްވީ ދެ ބޭފުޅެކެވެ.

އެއީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ވަހީދު، ފިނިހިޔާއާއި، އަމިއްލަގޮތުން ވާދަކުރެއްވި މުހައްމަދު ޔާސިރު، ބްލޫސްޓާރއެވެ. މި އިންތިޚާބުން އަމިއްލަގޮތުން ވާދަކުރެއްވި މުހައްމަދު ކާމިޔާބުކުރެއްވީ 212 ވޯޓު ހޯއްދަވައިގެންނެވެ.

ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ވަހީދަށް ލިބިވަޑައިގެންނެވީ 169 ވޯޓެވެ.

މި އިންތިޚާބުގައި ޖުމްލަ 389 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، ޖުމްލަ 8 ވޯޓެއް ވަނީ ބާތިލްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
44%
19%
6%
6%
6%
19%
ކޮމެންޓް