ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 07:58
އެފް-35 ގެ ބޯޓްތަކަކީ ހަމަލާދޭންވީ އަމާޒުތަކަށް ފަސޭހަކަމާއެކު ބޮންތައް ވާޞިލްކޮށްދޭ
އެފް-35 ގެ ބޯޓްތަކަކީ ހަމަލާދޭންވީ އަމާޒުތަކަށް ފަސޭހަކަމާއެކު ބޮންތައް ވާޞިލްކޮށްދޭ
ރޮއިޓާސް
ނެދަލެންޑްސްއިން އިސްރާއީލަށް ހަތިޔާރު ދިނުން
ނެދަލޭންޑްސް އިން އިސްރާއީލަށް އެފް-35 ގެ ބައިތައް ސަޕްލައި ކުރުމުގެ ހުއްދަ ނެދަލެންޑްސްގެ ކޯޓަކުން ދީފި، ޕެޓިޝަން ބޭރުކޮށްލައިފި
 
މި މައްސަލަ ކޯޓަށް ވައްދާފައިވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ލޯކަލް ބްރާންޗް އިން

އިސްރާއީލުން ޣައްޒާގައި ބޭނުންކުރާ އެފް-35 ފައިޓާ ޖެޓްތަކަށް ބޭނުންވާ ބައިތައް ސަޕްލައި ކުރުމުގެ ހުއްދަ ނެދަލޭންޑްސްއަށް ދީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހުށަހެޅި މައްސަލަ ނެދަލޭންޑްސްގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ.

އަދި އެފަދަ ޑެލިވަރީތަކަށް ނުފޫޒު ފޯރުވުމަކީ މައިގަނޑު ގޮތެއްގައި ސިޔާސީ ނިންމުމެއް ކަމަށާއި އެއީ ޝަރުއީ ދާއިރާގެ އިހްތިސާސްގެ ބޭރުން ނިންމި ނިންމުމެއް ކަން ދޭހަވާ ކަމަށް ހުކުމުގައިވެއެވެ.

"މިނިސްޓަރު ގެންގުޅުއްވާ ވިސްނުންތަކަކީ ސިޔާސީ އަދި ސަލަމަތީ ގޮތުން ވަރަށް ބޮޑަށް ވިސްނާ ފިކުރުތަކެއް ކަމަށާއި ފަނޑިޔާރުން މިނިސްޓަރަށް ގިނަ އަދަދެއްގެ މިނިވަންކަން ދޫކޮށްލަން ޖެހޭ،" ހުކުމުގައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ލޯކަލް ބްރާންޗް ހިމެނޭ ގޮތަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ އެ ބައިތައް ފޯރުކޮށްދިނުމުން ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ނެދަލެންޑްސްއިން ބައިވެރިވެ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޮކްސްފާމް ނޮވިބްގެ ޑައިރެކްޓަރު އަދި ދައުވާ ކުރާ އެއް ފަރާތް ކަމަށްވާ މިޗިއެލް ސާވޭސް ވިދާޅުވީ މި ބައިތަކުގެ ސަބަބުން ހަގީގީ ބޮންތައް ހަގީގީ ގެތަކަށާއި ހަގީގީ އާއިލާތަކަށް ފަސޭހަކަމާއެކު އެޅުމުގެ ފުރުޞަތު އިސްރާއީލަށް ފަހިވެގެން ދާނެ ކަމަށެވެ.

އެމެރިކާގެ ހިއްސާ އޮންނަ އެފް-35 ގެ ބައިތައް ނެދަލެންޑްސްގެ ގުދަނެއްގައި ރައްކާކުރުމަށްފަހު މިހާރު ވެފައިވާ އެކްސްޕޯޓް އެގްރީމެންޓްތަކުގެ ދަށުން އިސްރާއީލުގެ އިތުރުން އެކި ޕާޓްނަރުންނަށް ފޮނުވައެވެ.

އެފް-35 ގެ ހުރިހާ ޕާޓްނަރުންނަށް ޕާޓްސް ސަޕްލައި ކުރުމުގެ ގޮތުން އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ކުރިއަށް ގެންދާ މި ޑެލިވަރީތަކަށް ނުފޫޒު ފޯރުވުމުގެ ބާރާއި މެދު ނެދަލެންޑްސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ނުތަނަވަސްކަން ފާޅުކޮށްފައެވެ. ސަރުކާރުން ފާހަގަކުރި ގޮތުގައި، މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އިންސާނީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުގެ އެފް-35 މަރުކާގެ މަތިންދާ ބޯޓުތަކުގެ ބައިވެރިވުން އޮތްކަން ކަށަވަރު ކޮށްދެވެން ނެތް ކަމަށެވެ.

ނަމަވެސް އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ވަކީލު ލައިސްބެތު ޒެގްވެލްޑް ވަނީ ޣައްޒާގައި އުމްރާނީ ވަސީލަތްތައް ހަލާކުވެ، އާންމުންގެ ފުރާނަ ގެއްލިފައިވާ ކަން ނެދަލެންޑްސް ސަރުކާރަށް އެނގޭ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ވަކީލުން ބުނަނީ ނެދަލޭންޑްސް އިން މި ބައިތައް ސަޕްލައި ކުރުން ހުއްޓާލި ނަމަވެސް އިސްރާއީލަށް ފަސޭހައިން އެހެން ތަނަކުން އެ ބައިތައް ހޯދޭނެ ކަމަށެވެ.

ގާޒީ ނިންމެވީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެފް-35 ގެ ބައިތައް އުފުލުމަށް 2016 ވަނަ އަހަރު ދޫކުރި ހުއްދަ އަލުން އިވެލުއޭޓް ކުރަން ސަރުކާރަށް ލާޒިމް ނުވާ ކަމަށެވެ. އަދި ދައުލަތުގެ ގާނޫނާ ހިލާފު އަމަލުތައް ސާފުކޮށް ބަޔާންކޮށްފައި ނުވާތީ ދައުވާ ލިބޭ ފަރާތްތަކަށް ވެސް ކޯޓުން ވަނީ ފާޑުކިޔާފައެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބައިނަލްއަގްވާމީ ގާނޫނުތަކުގެ މާހިރުންގެ އިންސާނީ ހައްގުތަކާ ހިލާފުއަމަލުތައް ދެ ފަރާތަށް ވެސް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް