Advertisement
ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 21:02
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ)
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ)
ރާއްޖެއެމްވީ
ކެމްޕޭން ހަރަކާތަށް ހުރަސް އެޅުން
އިންތިޚާބުގެ ކެމްޕޭނަށް ހުރަސް، ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަތައް ފެށުނީ: އިބްރާހިމް ވަހީދު
ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީ އިން ބޭނުން ކުރި ޕިކަޕް ހުއްދަ ނުނަގާ ކަމަށް ބުނެ ފުލުހުން ހުއްޓުވި

އެމްޑީޕީގެ ކެމްޕެއިނަށް ބޭނުން ކުރަމުންދިޔަ ޕިކަޕެއް މަގުމަތިން ފުލުހުން ހުއްޓުވާފައިވާ ކަމަށް ބުނެ އެޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް މަހެއް ނުވަނީސް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީ އިން ބޭނުން ކުރި ޕިކަޕް ހުއްދަ ނުނަގާ ކަމަށްބުނެ ފުލުހުން ހުއްޓުވި ކަމަށެވެ.

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ 5 އަހަރުގައި ސިޔާސީ ކެމްޕޭނަށް ހުއްދަ ނަގަން ނުޖެހޭ ކަމަށް ވެސް އިބުރޭ ވިދާޅުވިއެވެ. އަދި އިބުރޭ ވަނީ މި ސަރުކާރުގެ މި އަމަލާއެކު ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަތައް ފެށުނީ ކަމަށް ވެސް ވިދާޅުވިއެވެ.

އިބުރޭ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޞާލިހުގެ ސަރުކާރުގައި އޭރު އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް އެކި ސިޔާސީ ހަރަކާތްތައް ބޭއްވުމާއި މުޒާހަރާތައް ކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ފޯރުކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް