ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 18:01
ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދުމަށް ހަވާލުކުރުމުގެ ތެރެއިން
ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދުމަށް ހަވާލުކުރުމުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ކުނި މެނޭޖުކުރުން
ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދުމުގެ މަސައްކަތް އިންޑިޔާގެ ކުންފުންޏަކަށް
މި މަޝްރޫއު އަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި އެ މިނިސްޓްރީން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން ހިންގޭ މަޝްރޫއެއް
މި މަޝްރޫއަށް 12.9 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ

ނ، ރ، ބ އަދި ޅ އަތޮޅުގެ 45 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދުމަށް އިންޑިޔާގެ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް އާ ޙަވާލުކޮށް އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު އެންވަރަމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްފާޟިލް ޠާރިޤް އިބްރާހީމް އެވެ. އަދި 'ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް' ގެ ފަރާތުން ސޮއިކުރެއްވީ އަލީ ޝިއާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ މި މަޝްރޫއަކީ ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 14ހަފްތާގެ އެޖެންޑާގައި އިސްކަމެއް ދެއްވާފައިވާ ދާއިރާއެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ތިމާވެއްޓާއި ގުޅުންހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސައްކަތުން ކަމަށް ފާހަގަކުރައްވާ، ހުރިހާ ދިވެހި ރައްޔިތުންވެސް އެކަމަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.

ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދުމަށް ހަވާލުކުރުމުގެ ތެރެއިން - އެންވަރަންމަންޓް މިނިސްޓްރީ

ހޯމަ ދުވަހު ހަވާލުކުރެވުނު މި މަޝްރޫއު އަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި އެ މިނިސްޓްރީން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 12.9 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި އެއްބަސްވުމުގެ ދަށުން ނ، ރ، ބ އަދި ޅ އަތޮޅުގެ ޖުމްލަ 45 ރަށަކަށް ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ އިކުއިޕްމަންޓު ފޯރުކޮށްދެވޭނެ އެވެ.

އެގޮތުން، ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ އިކުއިޕްމަންޓުތަކުގެ ތެރޭގައި މަލްޓި-ޕާޕަސް މިނީ ބޭލާ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝާ، ސްޓްރެޕިންގ ޓޫލް، ހޭންޑް ޓްރަކް ޓްރޮލީ، ހައިޑްރޯލިކް ހޭންޑް ޕެލެޓް ޓްރަކް ފަދަ ބައެއް އާލާތްތައް ހިމެނެއެވެ. އަދި މިއީ 4 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި އިކުއިޕްމަންޓުތައް ފޯރުކޯށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑުގޮތެއްގައި މިހާރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ނޫނީ އަޕްގްރޭޑް ކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ، ނުވަތަ ޕްރޮކިއުމަންޓް މަރުޙަލާގައިވާ ރަށްތަކެވެ. ވުމާއެކު، އެ މިނިސްޓްރީގެ ތަޞައްވަރަކީ މި މަޝްރޫޢުތައް ނިމިގެންދާއިރު، މި ރަށްތަކަކީ ރަށުފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަޟީލަތް މެނޭޖުކުރުމަށް ޤާބިލު ރަށްތަކަކަށް ވެގެންދިއުމެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން، ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތަށް އެހީތެރިވެދީ، ގިނަ ޢަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، އަދަދު މަދުކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ޤާބިލުކަން އިތުރުވާނެ އެވެ. އަދި ބިއްލޫރި ފުޅި ފަދަ ކުނިތައް މެޝިނުން މުގުރާ އެހެނިހެން ކަންކަމަށް އެ ބޭނުންކުރުމުގެ މަގުވެސް ފަހިވާނެ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތާ ދިމާލަށް މި ސަރުކާރުން މިސްރާބު ޖަހާފައިވާ ދުރު މަންޒިލަށް ވާޞިލުވުމަށް ލިބިދޭ ނުހަނު ބޮޑު ބާރަކަށް ވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް