ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 15:55
ހައިވޭގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލުތައް
ހައިވޭގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލުތައް
އެންވަރަންމަންޓް މިނިސްޓްރީ
ސޯލާ ޕީވީ ސިސްޓަމް
ހައިވޭގެ މެދުގައި ހުންނަ ސޯލާ ޕެނަލްތައް ރައްކާތެރިކުރުމަށް ފެންސެއް ގާއިމް ކުރަނީ
އެ ނިޒާމުގައި ސްޓަރަކްޗާ އަދި ޕީވީ މޮޑިއުލްތަށް މަރަމާތްކޮށް ބެލެހެއްޓުމަކީ އެންސިސް ކޯ ލިމިޓެޑްގެ ޒިންމާއެއް
އެ ނިޒާމަކީ ޕްރައިވެޓް ފައިނޭންސިންގެ އުސޫލުން ކޮންޓަރެކްޓަރުގެ އަމިއްލަ ފައިސާއާއި ތަކެތީގައި ގާއިމްކޮށްފައިވާ ނިޒާމެއް

މާލެ-ހުޅުމާލެ ހައިވޭގައި އެންސިސް ކޯ ލިމިޓެޑުން ތަރައްގީ ކުރި ސޯލާ ޕީވީތައް ރައްކާތެރިކުރުމަށް ވަށައިގެން ފެންސެއް ހެދުމަށް އާބަންކޯ އާއި އެންވަރަމެންޓް މިނިސްޓްރީ އާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ސޯލާ ޕީވީގެ މަޝްރޫއު އަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫއު އެކެވެ. މި އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރާނެ އެވެ. އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެންވަރަމެންޓް މިނިސްޓްރީން ބުނީ މި އޮކްޓޯބަރު މަހުގެ ފަހުކޮޅު ސްޓެލްކޯގެ ގްރިޑާ ގުޅުވައި ކަރަންޓު އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މި މަސައްކަތުގެ އިލެކްޓްރިކަލް މަސައްކަތްތައް ނިމުމާއެކު، އެ ޕެނަލުތައް ރައްކާތެރިކުރުމަށް އާބަންކޯ އިން ވަށާ ފެންސެއް ޖެހުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެ ޕެނަލުތައް ރައްކައުތެރިކުރުމަށް ނިންމި އިރު، ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކްސިޑެންޓުވި ކާރެއް ސޯލާ ޕެނަލުތަކުގެ ޖެހި ސްޓްރަކްޗާ އަދި ޕެނަލުތަކަށް ވެސް ގެއްލުންވި އެވެ.

Advertisement

އެހެން ނަމަވެސް އެ ނިޒާމަކީ ޕްރައިވެޓް ފައިނޭންސިންގެ އުސޫލުން ކޮންޓަރެކްޓަރުގެ އަމިއްލަ ފައިސާއާއި ތަކެތީގައި ގާއިމްކޮށްފައިވާ ނިޒާމަކަށް ވުމުން، މި ސޯލަރ ޕީވީ ނިޒާމަކީ 15 އަހަރު ވަންދެން އެންސިސް ކޯގެ ރައުސުލްމާލެކެވެ. އެހެން ކަމުން އެ ނިޒާމުގައި ސްޓަރަކްޗާ އަދި ޕީވީ މޮޑިއުލްތަށް މަރަމާތްކޮށް ބެލެހެއްޓުމަކީ އެންސިސް ކޯ ލިމިޓެޑްގެ ޒިންމާއެކެވެ.

މި ސޯލާ މަޝްރޫޢުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ފައިސާއިން ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް