އަނިޔާކޮށް ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލައިފިއެވެ.
ނޫސްވެރިން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅަން އުޅުނުކަމުގެ ތުހުމަތުގައެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ރާއްޖެޓީވީގެ ދެ ނޫސްވެރިއަކާއި ކެމެރާމަނަކު ހިމެނެއެވެ. މީގެ އިތުރުން ސަންގު ޓީވީގެ ނޫސްވެރިންނާ އެކު ޖުމްލަ ހަތް ނޫސްވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތިގައި ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ވަރަށް ބޮޑަށް އަނިޔާކޮށް، ތަކެއްޗަށް ވެސް ގެއްލުން ދިނުމަށް ފަހުގައެވެ.
ފުލުހުން މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކުރީ އޮން ކެމެރާގައި ލައިވްގައި ހުއްޓައެވެ. މަންޒަރު ފެނުނު ގޮތުގައި އެމްޑީޕީގެ ހަރުގެ ތެރޭގައި މުރުޝިދު ހުއްޓައި ފުލުހުން އައިސް މުރުޝިދު ކޮއްޕާލައި ލައިވް ކަނޑާލަން ވަނީ އަންގާފައެވެ.
ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިންނަކީ މުރުޝިދުގެ އިތުރުން މުހައްމަދު ވިސާމް އާއި ކެމެރާމަން އަހްމަދު މަމްދޫހެވެ.
ފުލުހުން މިހާރުވަނީ ހުރިހާ ނޫސްވެރިން ވެސް ދޫކޮށްލާފައެވެ. ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލި އިރު ސަންގް ޓީވީގެ ނޫސްވެރިއަކަށް ފުލުހުން ވަނީ ޗިޓް ހަވާލުކޮށްފައެވެ.