ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 14:41
އައިޖީއެމްއެޗް ހޮސްޕިޓަލް - އައްޑޫގައި ޒަހަމްކޮށްލި މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައި
އައިޖީއެމްއެޗް ހޮސްޕިޓަލް - އައްޑޫގައި ޒަހަމްކޮށްލި މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައި
ރާއްޖެއެމްވީ
އައްޑޫގައި ހިންގި ގްރޫޕް މާރާމާރީ
އައްޑޫ ސިޓީގައި ޒަހަމްކޮށްލި މީހާގެ ހާލު ސީރިއަސް، މާލެ ގެނެސްފި
 
ޒަހަމްވެފައިވަނީ 30 އަހަރުގެ ފިރިހެނެއް
 
ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް އައިސީޔޫގައި

ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީގައި ޒަހަމްކޮށްލި 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ދެ ގްރޫޕު ދެމެދު ހިނގި މާރާމާރީގައި ޒަހަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އެއިރުވެސް އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެރޭ 9:30 ކަންހާއިރުއެވެ. އައިޖީއެމްއެޗްއިން ބުނީ އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށާއި ފަރުވާދެނީ އައިސީޔޫގައިކަމަށެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ހިނގާ ދިޔަ މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމަށެވެ.

އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއަކީ ގުޅިގެން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލާގައި 4 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި އަދި 23 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ޓީމުތައް އައްޑޫ ސިޓީއަށް ވަނީ ފޮނުވާފައެވެ.

ނޮވެމްބަރ 29 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ މާރާމާރީ އާއި ޑިސެމްބަރ 1 ގައި އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި