ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 05:38
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
މޮންޒާ ބަލިކޮށް، ޔުވެންޓަސް އެއް ވަނައިގައި
މޮޅާއެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 14 މެޗުން 33 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މޮންޒާގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑޫސަން ވްލަހޮވިޗް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ބަލައި ނުގަތުމަށެވެ. އޭގެ ފަހުން 12 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ އެޑްރިއަން ރާބިއޮޓް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މޮންޒާ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ޕެޑްރޯ ޕްރެއިރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އެންޑްރިއާ ކާބޮނީ ލަނޑު ޖެހި އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޔުވެންޓަސްގެ ފެޑެރިކޯ ގަޓީ ވަނީ ލަނޑު ޖަހައި އެ ޓީމު މޮޅު ކޮށްދީފަ އެވެ. އޭނާއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރާބިއޮޓް އެވެ.

މޮޅާއެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 14 މެޗުން 33 ޕޮއިންޓާއެކު އެވެ. އެ ޓީމަށް ލިބެނީ ޕޮއިންޓެއްގެ ލީޑެކެވެ. ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލިބެނީ 32 ޕޮއިންޓެވެ. ޔުވެންޓަސް އަތުން ބަލިވި މޮންޒާ އޮތީ 14 މެޗުން 18 ޕޮއިންޓާއެކު 10 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް