ކ. މާލެ
|
23 ޑިސެންބަރ 2024 | ހޯމަ 09:28
މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
އިޓާލިއަން ލީގު ޓްވިޓަރ
އިޓާލިއަން ލީގު
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ.

އިޓާލިއަން ލީގުގައި ޕާމާއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ ބޮޑު މޮޅެއް ހޯދައިފި އެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ރޯމާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ރޯމާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދައިދިނީ ޕައުލޯ ޑިބާލާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެލެކްސިސް ސަލެމައެެކާސް ވަނީ ރޯމާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ރޯމާގެ ތިން ވަނަ ލަނޑު ޖެހީ ޑިބާލާ އެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ރޯމާ އަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ހަތަރު ވަނަ ލަނޑު ޖެހީ ލެއާންޑްރޯ ޕަރޭޑަސް އެވެ. އަދި މެޗުގައި ރޯމާގެ ފަހު ލަނޑު 83 ވަނަ މިނެޓުގައި ޖެހީ އާޓެމް ޑޮވްބީކް އެވެ.

މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގައި ރޯމާގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ ވެސް ފަސް މެޗުންނެވެ.

- ކޮމެންޓް