ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 13:02
ހުކުރު ނަމާދެއްގެ ތެރެއިން
ހުކުރު ނަމާދެއްގެ ތެރެއިން
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
އިންސާނާ ކާމިޔާބީއާ ދިމާލަށް އަދި ހަލާކާއި ދިމާލަށް ގެންދާ ތިންކަމެއްވޭ: ޚުތުބާ
 
އެންމެ ބާއްޖަވެރި މީހަކީ އެމީހާގެ ހަވާ ނަފްސާ ދެކޮޅުވެ މާތްﷲ ގެ ރުއްސެވުން ލިބިގަތުމުގެ މަގަށް ރުޖޫއަވެ ތައުބާވާ މީހާ

އިންސާނާ ކާމީޔާބީއާ ދިމާލާއަށް އަދި ހަލާކާއި ދިމާލަށް ގެންދާ ތިން ކަމެއްވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

'ޤައުމު އިސްލާހުވުން އޮތީ ނަފްސުތައް އިސްލާހުވެގެން' މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އަލްއިމާމުއް ތަބަރާނީ ރިވާ ކުރައްވާފައިވާ ހަދީޘެއްގެ މާނާގައިވާ ގޮތުން، ކާމިޔާބީއާ ދިމާލަށް ގެންދާ ތިން ކަމަކީ ސިއްރާއި ފާޅުގައި މާތްﷲ އަށް ބިރުވެތިވުމާއި، މީހަކު ދެކެ ރުޅި އައިސްގެންވާ ހާލުގައި ވިޔަސް ނުވަތަ ހިތްހަމަޖެހިގެންވާ ހާލުގައި ވިޔަސް ހައްޤު ބަސް ނޫނީ ނުބުނުމާއި ފަޤީރު ކަމާއި ތަނަވަސް ކަމުގެ ވަގުތުގައި ވެސް މުށްބާރު ކުރުމެއް ނެތި އަދި އިސްރާފު ކުރުމެއް ވެސް ނެތި ތިމާއަށް ލިބޭ މިންވަރާއި އެއްވަރަށް ބަލައިގެން ދިރިއުޅުމުގެ ޚަރަދުތައް ބިނާކުރުން ކަމަށެވެ. އަދި ހަލާކާ ދިމާލަށް ގެންދާ ތިންކަމަކީ ދުނިޔޭގެ އެދުންތަކަށް ގޮސް ހުސްވެ އެއަށް ތަބާވެ ދިޔުމާއި، ހަވާ ނަފްސުގެ އެދުންތަކަށް އިޖާބަ ދިނުމާއި އަމިއްލަ ނަފްސުގެ މޮޅުކަން އަމިއްލައަށް ފެނި ބޮޑާވެގަތުން ކަމަށެވެ.

Advertisement

އެންމެ ބާއްޖަވެރި މީހަކީ އެ މީހާގެ ހަވާ ނަފްސާ ދެކޮޅުވެ މާތްﷲ ގެ ރުއްސެވުން ލިބިގަތުމުގެ މަގަށް ރުޖޫއަވެ ތައުބާވާ މީހާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ފުރިހަމަކަމާއެކު އަދި ތާހިރުކަމާއެކު ފިތުރަތުގެ ސާފުކަން މަތީ ދުނިޔެއަށް އަންނަ އިންސާނާގެ ނަފްސު ތަޣައްޔަރުވެގެންދަނީ ކިހިނެއްކަމާއި އެ ތަޣައްޔަރުވުމުން މިންޖުވުމުގެ މަގު ބަޔާން ކޮށްދެވަމުން ކީރިތި ރަސޫލާ ހަދީޘް ކުރެއްވި މާނައެއްގައިވާ ކަމަށެވެ.

ކީރިތި ރަސޫލާ ހަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ހެފޭ ޒާތުގެ މަސްކޮޅެއް ހަށިގަނޑުގައިވެއެވެ. އެ މަސްކޮޅު އިސްލާހުވެއްޖެނަމަ މުޅި ހަށިގަނޑު އިސްލާހު ވެދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދުވެދެއެވެ. ދަންނާށެވެ. އެއީ ހިތެވެ.
ހުކުރު ޚުތުބާ

އިންސާނާގެ ނަފްސު އޭގެ ފިތުރަތުގެ ސާފު ތާހިރުކަމުގެ ތެރޭގައި ހިފައްޓައި ތަޣައްޔަރު ކަމެއް އަޔަނުދީ، ގަދަ އަޅައި މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް