ކ. މާލެ
|
22 ނޮވެންބަރ 2024 | ހުކުރު 16:28
މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިން ކުރި މުޒާހަރާ އެއްގެ ތެރެއިން
މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިން ކުރި މުޒާހަރާ އެއްގެ ތެރެއިން
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
މަސްވެރިކަމާ އެންވެރި ކަމުގައި ބަރަކާތް ލެއްވުން އެދި ކުރަމުން އައި ދުއާ ޚުތުބާ އިން ނަގައިފި
ރާއްޖޭގެ މައިގަނޑު އެއް ސިނާއަތުގެ ގޮތުގައި ދިގު މުއްތަކަށް ބެލެމުން އައި މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި

ހުކުރު ޚުތުބާގައި "މަސްވެރިކަމާއި އެންވެރިކަމުގައި ބަރަކާތް ލެއްވުން" އެދި ދިގު މުއްދަތަކަށް ކިޔަމުން އައި ދުއާ ޚުތުބާ އިން ނަގައިފިއެވެ.

ފާހަގަ ކުރެވިފައިވާ ގޮތުގައި، އޮކްޓޯބަރު މަހުގެ 4 ވީ ހުކުރު ދުވަހުގެ ޚުތުބާގެ ފަހުން މަސްވެރިކަމާއި އެންވެރި ކަމުގައި ބަރަކާތް ލެއްވުން އެދި ކުރަމުން އައި ދުއާ ޚުތުބާގައި ހިމަނާފައެއް ނުވެއެވެ.

ފަހު ޚުތުބާގެ އެންމެ ފަހު ބައިގައި "އަޅަމެންގެ ރާއްޖެ ތިޔާގި ކުރައްވާ، މަސްވެރިކަމާއި އެންވެރިކަމާއި، ދަނޑުވެރިކަމުގައި ބަރަކާތް ލައްވާ، ފުދުންތެރިކަން އިތުރު ކުރެއްވުމަށް" އެދި ދުއާ ގައި ހިމަނަމުން އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

މި ފަހަކަށް އައިސް އެ ބައި ކުރުކޮށްލުމަށްފަހު ހަމަ އެކަނި އޮންނަނީ "އަޅަމެންގެ ރާއްޖެ ތިޔާގެ ކުރައްވާ ތިޔާގެ ކަން ދަމަހައްޓަވާދޭ." އެވެ.

އަނެއްކޮޅުން މިއިން ޒަމާނަކު މަސްވެރިކަން ދަށަށް ނުދާ މިންވަރަށް ރާއްޖޭގެ މަސްވެރިކަން ދަށަށް ގޮސްފައިވާ ކަން މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ވަނީ ފާހަގަ ކުރެވިފައެވެ. ރާއްޖޭގެ މައިގަނޑު އެއް ސިނާއަތުގެ ގޮތުގައި ދިގު މުއްތަކަށް ބެލެމުން އައި މަސްވެރިކަން ހީނަރުވެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މި އަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ޝާއިއު ކުރި "މޯލްޑިވްސް އިކޮނޮމިކް އަޕްޑޭޓް" ގައި ބުނެފައިވަނީ މިއަހަރުގެ ދެވަނަ ކުއަރޓާގައިވެސް މަސްވެރިކަމުގެ ސިނާއަތު ފާހަގަ ކުރެވޭ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

- ކޮމެންޓް