ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 18:55
  ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ ހުކުރު ދުވަހު ބޭއްވި އެއްވުން
ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ ހުކުރު ދުވަހު ބޭއްވި އެއްވުން
ރާއްޖެއެމްވީ
ދިވެހިން ފަލަސްތީނާއެކު
ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ ހުކުރު ދުވަހު އެއްވުމެއް ބާއްވައިފި
އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ރަސްފަންނު ސަރަހައްދުގައި

ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ މާލެސިޓީގައި ހުކުރު ދުވަހު އެއްވުމެއް ބާއްވައިފިއެވެ.

ދިވެހި ޒުވާނުންގެ ފަރާތުން އިސްނަގައިގެން ބޭއްވި މި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ ރަސްފަންނު ސަރަހައްދުގައި ހަވީރު 04:00ން އިރުއޮއްސި 06:00ށެވެ.

މި އެއްވުމުގައި އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ އަޑު އުފުލާފައިވާއިރު އެއްވުމުގެ ބައިވެރިން ތިބީ ޝުއޫރުތައް އަންގައިދޭ ލިޔުންތައް ވެސް ހިފައިގެންނެވެ.

މި އެއްވުމުގެ ތެރެއިން ފަންޑް ރެއިޒިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެއްވުން ނިންމާލަމުން ޚާއްސަ ދުޢާ ވެސް ވަނީ ކޮށްފައެވެ.

އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއިލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 14100 މީހުން ވަނީ މަރުވެފައެވެ. އަދި 2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާއިން 1.7 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް