ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ދިވެހި ޒުވާނުންގެ ފަރާތުން އިސްނަގައިގެން މި އެއްވުން ބޭއްވުމަށް ނިންމާފައިވާއިރު އެއްވުން އޮންނާނީ ރަސްފަންނު ސަރަހައްދުގައި ހަވީރު 04:00ން އިރުއޮއްސި 06:00ށެވެ.
![](https://dyncz33htw1ec.cloudfront.net/posts/73820735-b42f-4111-9e0e-9ac8f94eacd6.png)
މި އެއްވުމުގައި އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ، އަޑު އުފުލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އެއްވުމުގައި ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް ވަނީ އެދިފައެވެ. އަދި މި އެއްވުމަށް އަންނައިރު ފަލަސްތީނު ތަމްސީލުވާ ފަދަ ކޮންމެވެސް ލިޔުމެއް ނުވަތަ ދިދައެއް ނުވަތަ ފޮތިކޮޅެއް ގެންނެވުމަށް ދިވެހި ޒުވާނުންގެ ފަރާތުން ވަނީ އެދިފައެވެ.