ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 19:03
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މަރުވި ކުޑަކުދިންގެ އަދަދު 4،000ން މައްޗަށް
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މަރުވި ކުޑަކުދިންގެ އަދަދު 4،000ން މައްޗަށް
ރޮއިޓަސް
އިސްރާއީލުން ދޭ ހަމަލާތައް
އިސްރާއީލުގެ ޙަމަލާތަކަށް:"ދުވަހަކު ވެސް ހަނދާނެއް ނައްތައެއް ނުލާނަން، މައާފެއް ވެސް ނުކުރާނަން"!
ދިރާސާ އިން ދައްކާ ގޮތުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި އެނބުރި ދިރިއުޅެން ނިންމީ އެންމެ 22 ޕަސެންޓް މީހުން

ނިރުބަވެރި އިސްރާއީލުގެ ދައުލަތުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ކަމަށާއި، ނިރުބަވެރި ޖަމާއަތަށް ދުވަހަކު ވެސް މައާފެއް ނުކުރާނެ ކަމަށް ފަލަސްތީނުގައި ރަމަاللهގެ އަރަބް ވޯލްޑް ފޯ ރިސާޗް އެންޑް ޑިވެލޮޕްމަންޓުން ކުރި ދިރާސާއަކަށް ފަލަސްތީނުގެ ރައްޔިތުން ބުނެފި އެވެ.

މި ދިރާސާ އަކީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭ ގޮތުން، އަދި އިސްރާއީލުން ހުށަހެޅި "ޓޫ ސްޓޭޓް ސޮލިއުޝަން" އާ ގުޅޭ ގޮތުން ފަލަސްތީނުގެ އާންމުންގެ ޚިޔާލު ހޯދުމަށް ރަމަاللهގެ އަރަބް ވޯލްޑް ފޯ ރިސާޗް އެންޑް ޑިވެލޮޕްމަންޓުން ކުރި ދިރާސާއެކެވެ.

މި ދިރާސާގައި ބައިވެރިވި ފަލަސްތީނުގެ 98 ޕަސެންޓް މީހުން ބުނި ގޮތުގައި ހުޅަނގު އައްސޭރި އަދި ޣައްޒާއަށް އިސްރާއީލުގެ ނިރުބަވެރިން ދެމުންދާ ޙަމަލާތައް ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ކަމަށާއި އަދި އެ މީހުންނަށް އެކަމަށް މައާފެއް ވެސް ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން، އެ ދިރާސާގައި ބައިވެރިވި 90 އިންސައްތަ މީހުން ބުނި ގޮތުގައި އިސްރާއީލާއެކު އެކުގައި އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ މުޅި ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކެއް ކަމުގައި އެ ދިރާސާގެ 65 ޕަސެންޓު މީހުން ގަބޫލު ކުރެ އެވެ.

އެހެންމެ، އެ ދިރާސާގައި ބައިވެރިވި 68 ޕަސެންޓު މީހުން ގަބޫލުކުރާ ގޮތުގައި އިސްރާއީލާ ހުޅަނގުގެ ގައުމުތަކުން ހުށަހަޅާ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ދެ ދައުލަތުގެ ހައްލެއް ގެނައުމަށް ތާއީދެއް ނޫނެވެ.

އަދި އެ ހަނގުރާމައަކީ އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގާ ހަނގުރާމައެއް ކަމުގައި 18 ޕަސެންޓުގެ މީހުން ގަބޫލު ކުރެ އެވެ.

މީގެ އިތުރުން، މި ދިރާސާގައި ބައިވެރިވި 75 އިންސައްތަ މީހުން ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއަށް ކޮންމެ ވެސް މިންވަރަކަށް ތާއީދުކޮށްފައެވެ.

އަދި ދިރާސާ އިން ދައްކާ ގޮތުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި އެނބުރި ދިރިއުޅެން ނިންމީ އެންމެ 22 ޕަސެންޓް މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް