ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 05:33
އުރީދޫ ފަން ރަން ކިޓު
އުރީދޫ ފަން ރަން ކިޓު
އުރީދޫ
އުރީދޫ
އުރީދޫ ފަން ރަންގެ ބިބް ކިޓުގައި ނަން ޖަހައި، ކަސްޓަމައިޒް ކުރެވޭ ގޮތް ހަދައިފި
 
ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައި
 
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވެވޭނެ
 
ފަން ރަން އޮންނާނީ 22 ޑިސެންބަރު 2023 ގައި

އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ފަން ރަންގައި ބައިވެރިވާ ފަރާތްތަކުގެ ބިބް ކިޓް ކަސްޓަމައިޒް ކުރެވޭ ގޮތް ހަދައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ދުވުމުގައި މި މަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭއިރު ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު އުރީދޫއިން ވަނީ މިހާރު ފަހިކޮށްދީފައެވެ.

އުރީދޫ ފަން ރަން ބިބް ގައި ނަން ޖަހަން ބޭނުންވާ ފަރާތްތަކަށް މޫލީhttps://mool.ee/funrun2023މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްފަހު، ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް، ޗެކްއައުޓް ކުރުމަށް ޑެލިވަރީ އެޑްރެސް ޖެހުމަށްފަހު ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖަހަން ބޭނުންވާ ނަން ޖެހޭނެއެވެ. ބިބްގައި ޖަހާ ނަމުގައި ގިނަވެގެން ބޭނުން ކުރެވޭނީ 7 އަކުރު ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކުން ލިބެން ހުންނާނެއެވެ. މީގެ ތެރެއިން 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭނެއެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ވެސް ބާއްވާނެއެވެ. އަދި ހަވީރު ފަން ރަންއަށްފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި، އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަމަށް އުރީދޫ އިން ފާހަގަކުރެއެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް