ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 05:18
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ފެނާންޑޭސްގެ ފޯކަސް އޮތީ ހަމައެކަނި ޔުނައިޓެޑަށް!
 
ފެނާންޑޭސް މިހެން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ބުނެފައި ވަނިކޮށް

އޭނާގެ ފޯކަސް އޮތީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓެޑަށް ކަމަށް އެ ޓީމުގެ ކެޕްޓަން، ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.

ފެނާންޑޭސް މިހެން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ބުނެފައި ވަނިކޮށެވެ. ސައުދީ ޕްރޯ ލީގު ވަރުގަދަ ކުރުމަށް، އެ ލީގުގެ ކުލަބުތަކުން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް ވެސް ވަނީ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސްފަ އެވެ. އެއާއެކު، ބައެއް ކުލަބުތަކުން ފެނާންޑޭސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމުގައި އޭނާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ ތަކުން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ފެނާންޑޭސް ހުރީ ޔުނައިޓެޑުގައި އޭނާ ހުރީ އުފަލުން ކަމަށާއި، ހަމައެކަނި ފޯކަސް އޮތީ އެ ކުލަބަށް ކަމަށެވެ. ބޭނުން ވަނީ ޔުނައިޓެޑާއެކު ކުރިއަށް ގޮސް، އެ ކުލަބާއެކު ކާމިޔާބީތަކެއް ހޯދަން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން ފެނާންޑޭސް ބުނީ، އެއްވެސް އަސްލެއް ނެތް ދޮގު ވާހަތައް އަޑުއަހަން ބޭނުން ނުވާ ކަމަށާއި، އެފަދަ ވާހަކަތަކަށް އޭނާގެ ޝައުޤުވެރިކަމެއް ވެސް ނެތް ކަމަށެވެ. ހަމައެއާއެކު، މީޑިއާ ތަކުގައި ދޮގު ވާހަކަ ފެތުރުމަކީ މިއަދު ވަރަށް ފަސޭހަ އިން ކުރެވެން އޮތް ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި އިސްކަން ދެނީ އޭނާގެ އަމާޒުތަކަށް ސަމާލުކަން ދިނުމަށް ކަމަށް ފެނާންޑޭސް ވަނީ ބުނެފަ އެވެ.

ސްޕޯޓިން ދޫކޮށް ފެނާންޑޭސް ޔުނައިޓެޑަށް ބަަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ފެނާންޑޭސް ވަނީ، މިހާތަނަށް އެ ކުލަބަށް ކުޅެދިން 202 މެޗުގައި 68 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު އޭނާ އަށް ލިބުނީ މި ސީޒަންގަ އެވެ. އެއީ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ހެރީ މެގުއާގެ ކުޅުން ދަށްވުމުން ކޯޗު އެރިކް ޓެން ހާގް ނިންމި ނިންމުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް