ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 11:06
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ ކޮޅުފުށީ ޖަވާހިރުވާދީ އަޙްމަދު ނަސީމް
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ ކޮޅުފުށީ ޖަވާހިރުވާދީ އަޙްމަދު ނަސީމް
ސޯޝަލްމީޑިއާ
ބުޅަލަށް އަނިޔާކުރުން
ބުޅަލަށް އަނިޔާކުރުމުން ހައްޔަރުކުރި މީހާ: "ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް"
 
އޭނާގެ މައްޗަށް ކޮށްފައިވަނީ ޖަނަވާރުންނަށް އަނިޔާވެރި އަމަލެއް ކުރުމުގެ ކުށުގެ ތުހުމަތު
 
އޭނާއަކީ ހައްޔަރު/ބަންދު ލޮގް އޮތް ފަރާތެއްކަންވެސް ކޯޓު އަމުރުން އެނގޭ
 
މި މައްސަލައިގައި ކޮށްފައިވާ ތުހުމަތާއި ގުޅިގެން އޭނާ ސީދާ ވާހަކަ ދައްކާފައިނުވޭ

ބުޅަލަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ ކޮޅުފުށީ ޖަވާހިރުވާދީ އަޙްމަދު ނަސީމެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ޖަނަވާރުންނަށް އަނިޔާވެރި އަމަލެއް ކުރުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ބުޅަލަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެގޮތުން ބުޅާ ކައިރިއަށް ގޮސް، ކުއްލިއަކަށް ވަޅިއަކުން އެ ބުޅަލަށް ޙަމަލާދޭތަނާއި، ޙަމަލާ ދިނުމާއެކު އެ ބުޅާ ދުއްވައިގަނެގެންދާ މަންޒަރު އެ ވީޑިއޯގައި ފެނެއެވެ.

އެހެންނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި އޭނާ ބުނީ، ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.

މި މައްސަލައިގައި ކޮށްފައިވާ ތުހުމަތާއި ގުޅިގެން އޭނާ ސީދާ ވާހަކަ ދައްކާފައިނުވާކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 3 ޑިސެމްބަރު 2023ގައެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1،3،4 ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބެލެވުން ކަމަށެވެ.

އޭނާއަކީ ހައްޔަރު/ބަންދު ލޮގް އޮތް ފަރާތެއްކަންވެސް ކޯޓު އަމުރުން އެނގެއެވެ.

ޖަނަވާރުންނަށް އަނިޔާވެރިވުމަކީ ކުށެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައިވެސް ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް