Advertisement
ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 12:21
އެމްޑީޕީ ޕީޖީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީ ޕީޖީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕު
އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ކަމުގެ އިންތިޚާބަށް ހުޅުވާލައިފި
އިންތިޚާބު އޮންނާނީ އިންތިޚާބު 23 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހު
18 ނޮވެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ 18:00 ނިޔަލަށް ކުރިމަތިލެވޭނެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ކަމުގެ އިންތިޚާބަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

Advertisement

ވީމާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުން ފެށިގެން 18 ނޮވެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ 18:00 ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

މި އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ މެންބަރުން އެކަމަށްޓަކައި ކަނޑައެޅިފައިވާގޫގުލް ފޯމްފުރިހަމަކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް