ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 11:30
ކޮވިޑުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ކޮވިޑުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ވެލާނާ އެއާޕޯޓް
ފަތުރުވެރިކަން
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
މި ޑޮކިއުމަންޓްރީ ރާއްޖެ ޓީވީ އިން ދައްކާނެ
މި ޑޮކިއުމަންޓްރީ ނެރޭނީ މިރޭ 10:15 ގައި

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ އާލަމީ ވަބާއިން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އިއާދަކުރުމަށް ކުރި މަސައްކަތް ދައްކުވައިދޭ ޑޮކިއުމަންޓްރީއެއް މިރޭ ނެރެން ނިންމައިފިއެވެ.

"ދަ ރެސިލިއެންޓް މޯލްްޑިވްސް، ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް-19" ގެ ނަމުން ނަން ދީފައިވާ މި ޑޮކިއުމަންޓްރީ ނެރޭނީ ރާއްޖޭގެ ޓީވީތައް މެދުވެރިކޮށް މިރޭ 10:15ގައެވެ. މި ޓީވީތަކުގެ ތެރޭގައި ރާއްޖެ ޓީވީ އާއި ޓީވީއެމް އާއި ވީޓީވީ އާއި ވަގުތު ޓީވީ އާއި އެސްއެސް ޓީވީ އަދި ދިވެހި ޗެނަލް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މި ޑޮކިއުމަންޓްރީގެ ޓްރެއިލާ މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ޓްރެއިލާގައި ދައްކާ ގޮތުން ޑޮކިއުމަންޓްރީގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކޮވިޑް-19ގެ ސަބަބުން އައި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި ކުރި މަސައްކަތްތައް ހާމަވެގެންދާނެއެވެ.

ޓްރެއިލާގައި ކޮވިޑުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ފެނިގެންދެއެވެ. މީގެ ތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ކޮވިޑުގެ ތެރޭގައި ގާއިމު ކުރި އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ޓްރެއިލާގައި ފެނިގެންދެއެވެ.

Advertisement

ޓްރެއިލާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވަނީ މި ފަހަރު ވަރަށް ބޮޑު ފިލާވަޅެއް ދަސްވެގެން ދިޔަކަމަށާއި، ދެން މި ފަދަ ކަމެއް ދިމާވެއްޖެނަމަ މިއަށްވުރެ މާ ފުރިހަމައަށް ކަންކަންކުރެވި ހައްލުކުރެވިގެން ދާނެކަމަށެވެ. އަދި މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑާއެކު މުޅި ދުނިޔެ ލޮކްޑައުނަކަށް ދިއުން ވެގެންދިޔައީ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

ކޮވިޑުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުއްޓުމަކަށް އައެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. އަދި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ގިނަ ބައެއްގެ ތަރުހީބު ލިބި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަން ފެށިއެވެ.

ކޮވިޑުގެ ތެރޭގައި ވެސް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ކުރި މަސައްކަތުގެ ސަބަބުން މިހާރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ކޮވިޑުގެ ކުރިން އޮތްވަރަށް ރިކަވަރ ކުރެވިފައެވެ. ރާއްޖެއަކީ ކޮވިޑުގެ ތެރޭގައި ފަތުރުވެރިކަމުގެ މިސާލެއް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތަކުންނާއި މާލީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް