ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 08:03
ދަ ޕޭރެންޓްލީ
ދަ ޕޭރެންޓްލީ
އުރީދޫ
އުރީދޫ
އުރީދޫ ކްލަބް ޕްރިމިއާ ޕާޓްނަރަކަށް "ދަ ޕޭރެންޓްލީ"
 
ދަ ޕޭރެންޓްލީގެ މަގުސަދަކީ ތިމާވެއްޓާއި ރައްޓެހި، އޯގެނިކް އަދި ހަންގަނޑަށް ލުއި އުފެއްދުންތައް ފޯރުކޮށްދިނުން

އުރީދޫ މޯލްޑިިވްސްގެ ކްލްބް ޕްރީމިއާ ޕާޓްނަރެއްގެ ގޮތުގައި ދަ ޕޭރެންޓްލީ އުރީދޫ މޯލްޑިވްސް އާއި ގުޅިއްޖެއެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި މި ޕާޓްނާޝިޕާއެކު ކްލަބް ޕްރިމިއާ މެންބަރުންނަށް ދަ ޕޭރެންޓްލީ އިން ވިޔަފާރި ކުރާއިރު 10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

މާލެ ސިޓީ ލިލީ މަގުގައި ހުންނަ "ދަ ޕޭރެންޓްލީ" އަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުން ތުއްތު ކުދިންނަށާއި ބެލެނިވެރިންނަށް ހާއްސަ ތަފާތު އުފެއްދުންތައް ލިބެން ހުންނަ ވިޔަފާރިއެކެވެ. ތުއްތު ކުދިންނަށް ދުޅަހެޔޮ މުސްތަގުބަލެއް ޤާއިމުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ދަ ޕޭރެންޓްލީގެ މަގްސަދަކީ ތިމާވެއްޓާއި ރައްޓެހި، އޯގެނިކް އަދި ހަންގަނޑަށް ލުއި އުފެއްދުންތަކާއެކު ބެލެނިވެރިންނަށް ފަސޭހަކަމާއެކު އެއްތަނަކުން ވިޔަފާރިކުރުމުގެ ތަޖުރިބާ ފަހިކޮށްދިނުމެވެ.

ތުއްތު ކުދިންނަށް ހާއްސަ މަގުބޫލް އަދި އިތުބާރުހިފޭ ބްރޭންޑްތައް ކަމަށްވާ ކްލެސިކް ވޯލްޑް، މަންޗްކިން، ނެނޯބެބެ، ޓޮމީ ޓިޕީ އަދި ފްރިޑަބޭބީ ފަދަ ބްރޭންޑުތަކުން ނެރެފާއިވާ ތުއްތު ކުދިންނަށް ބޭނުންވާ ރީތިވުމުގެ ސާމާނާއި، ކުޅޭ އެއްޗެހީގެ އިތުރުން ޑައިޕަރ، ޑައިޕަރ ބޭގް، ސްޓްރޯލާ ފަދަ ގިނަ ބާއްވަތްތަކުގެ ޕްރޮޑަކްޓްތައް ދަ ޕޭރަންޓްލީ އިން ލިބެންހުރެއެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބި، ބެލެނިވެރިންނަށް މި ތަކެތި ލިބިގަތުމުގައި އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 1000 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ގެންގުޅޭ ފަރާތްތަކަށް ކްލަބް ޕްރިމިއާގެ އިނާޔަތްތަކުގެ ލިބިގެންދެއެވެ. ކްލަބް ޕްރިމިއާގެ އިނާޔަތްތައް ތިން ޓިއަރަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނެއެވެ. މި ޓިއާތަކުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަގުބޫލު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ޑިސްކައުންޓްތަކާއި ތަފާތު އޮފަރތައް ލިބިގެންދެއެވެ.

މީގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޕްރިއޯރިޓީ ޕާސް މެދުވެރިކޮށް އެއާޕޯޓުތަކުގެ ޕްރިމިއަމް ލައުންޖުތަކަށް އެކްސެސް ލިބިގެންދެއެވެ.

ދަ ޕޭރެންޓްލީގައި ލިބެން ހުރި ޕްރޮޑަކްޓްތައްhttps://theparently.com/އިން ބަލާލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް