ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 20:19
މިހާތަނަށް އައިއިރު، މިސްރަށް ގެންދެވިފައި ވަނީ އެންމެ 99 މީހުން، މިއީ ސީރިއަސް އަނިޔާތަކެއް ލިބި ޣައްޒާގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް މަދު އަދަދެއް
މިހާތަނަށް އައިއިރު، މިސްރަށް ގެންދެވިފައި ވަނީ އެންމެ 99 މީހުން، މިއީ ސީރިއަސް އަނިޔާތަކެއް ލިބި ޣައްޒާގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް މަދު އަދަދެއް
ރޮއިޓާރސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ގެންދެވުނީ އަދި އެންމެ 99 ޕޭޝަންޓުން
 
ޣައްޒާގެ އައްރަންތީސީ ޗިލްޑްރެންސް ހޮސްޕިޓަލް އަދި އައްނަސްރު ހޮސްޕިޓަލް މިހާރު ބޭނުމެއް ނުކުރެވޭ
 
ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން 900،000ށްވުރެ ގިނަ މީހުންނަކީ މިހާރު ބޯހިޔާވަހިކަމާއި ސިއްހީ ފަރުވާއާއި ރައްކާތެރިކަން ގެއްލިފައިވާ މީހުން
 
އިސްރާއީލުން ދަނީ އަނިޔާލިބިފައިވާ މީހުންނާއި ބަލިމީހުންނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައި ހޫނުކަން ޖައްސަމުން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވި މީހުންގެ ތެރެއިން ސީރިއަސް އަނިޔާތައް ލިބިފައިވާ މީހުން، ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި އަދި ގެންދެވުނީ އެންމެ 99 މީހުން ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު، އަޝްރަފް އަލް-ގުދުރާ ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން އަޝްރަފް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޑޮކްޓަރުންނަށާއި ސިއްހީ ފަރުވާދޭ މީހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އިތުރުކޮށްފައި ވާކަމަށެވެ. އަދި ހޮސްޕިޓަލްތަކަށް އަމާޒުވާ ހަމަލާތައް އިތުރުވެފައި ވާކަމަށާއި، ޣައްޒާގެ ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް މިހާރު ބޭނުންނުކުރެވޭއިރު، އެލިސްޓަށް އައްރަންތީސީ ޗިލްޑްރެންސް ހޮސްޕިޓަލް އަދި އައްނަސްރު ހޮސްޕިޓަލްވެސް އިތުރުވެފައި ވާކަމަށް ވަނީ ވިދާޅުވެފައެވެ.

އައްޝިފާ ހޮސްޕިޓަލުގެ ބޭރުގައި ހުންނަވައި ވާހަކަފުޅުދައްކަވަމުން އަޝްރަފް ވަނީ، ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން 900،000ށްވުރެ ގިނަ މީހުންނަކީ މިހާރު ބޯހިޔާވަހިކަމާއި ސިއްހީ ފަރުވާއާއި ރައްކާތެރިކަން ގެއްލިފައިވާ މީހުންކަން ފާހަގަކުރައްވާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވެފައިވާ މީހުން، ރަފަހް ބޯޑަރު ހުރަސްކޮށް، ޣައްޒާއިން ނެރުމަށް ކުރާ މަސައްކަތުގެ ސްޕީޑް ވަރަށް ލަސްކަން އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް އައިއިރު، މިސްރަށް ގެންދެވިފައިވަނީ އެންމެ 99 މީހުން ކަމަށާއި، މިއީ ސީރިއަސް އަނިޔާތަކެއް ލިބިގެން ޣައްޒާގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް މަދު އަދަދެއްގެ މީހުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަޝްރަފް ވަނީ، އަނިޔާ ލިބިފައިވާ އެތައް ހާސް މީހުންނަށް ރައްކާތެރިކަމާއެކު ބޯޑަރު ހުރަސްކޮށް، ޣައްޒާއިން ނުކުމެވޭނެ މަގާއި، ބޭހާއި އަދި ސިއްހީ ސާމާނުގެ އިތުރުން، ތެޔޮ ފޯރުކޮށްދިނުމަށްޓަކައި މިހާރުން މިހާރަށް، ރައްކާތެރި ހިއުމެނިޓޭރިއަން ރޫޓެއް ދެއްކުމަށް ގޮވާލާފައެވެ.

އަޝްރަފް ވިދާޅުވީ، އިސްރާއީލުން ދަނީ އަނިޔާލިބިފައިވާ މީހުންނާއި ބަލިމީހުންނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައި ހޫނުކަން ޖައްސަމުން ކަމަށްވެސް ވިދާޅުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާއިރު، މިހަމަލާތާކުގައި މަރުވި މީހުންގެ އަދަދު 10،500އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރެއިން 40 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި