ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 11:02
ރިވައިވަލް އޭދަފުށި ޖޫނިއަރ ޗެމްޕިއަންޝިޕްގެ ތެރެއިން؛ ފޮޓޯ-ރިވައިވަލް
ރިވައިވަލް އޭދަފުށި ޖޫނިއަރ ޗެމްޕިއަންޝިޕްގެ ތެރެއިން؛ ފޮޓޯ-ރިވައިވަލް
އޭދަފުށި ބެޑްމިންޓަން
ހައިރާންވާހާ މޮޅު ބެޑްމިންޓަން ކުޅުންތެރިން އޭދަފުށީގައި އެބަތިބި- ޒަޔާން
ތިން ދުވަހުގެ ޖޫނިއަރ ޗެމްޕިއަންޝިޕެއް އޭދަފުށީގައި ވަނީ ބާއްވާފައި

ހައިރާންވާހާ މޮޅު ބެޑްމިންޓަން ކުޅުންތެރިން އޭދަފުށީފައި އެބަތިބި ކަމަށް ރިވައިވަލް ސްޕޯރޓްސް ކްލަބްގެ ފައުންޑަރ އަދި ރާއްޖޭގެ ގައުމީ ޗެމްޕިއަން ޒަޔާން ޝަހީދު ޒަކީ ބުނެފިއެވެ.

އޭދަފުށީގެ ބެޑްމިންޓަނާ ގުޅޭގޮތުން ރާއްޖެ ޓީވީގެ 'ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ޒަޔާން ވާހަކަދެއްކީ ރިވައިވަލް ސްޕޯރޓްސް ކްލަބުން އޭދަފުށީގައި ޖޫނިއަރ ޗެމްޕިއަންޝިޕެއް ނިންމާލުމަށްފަހު އެވެ. ކްލަބްގެ އޭދަފުށި އެކަޑެމީން ކުރިއަށް ގެންދިޔަ މުބާރާތަށްފަހު ޒަޔާން ބުނީ ވަރަށް ހުނަރުވެރި, ވަރަށް މޮޅު ކުޅުންތެރިން ފެނުނު ކަމަށެވެ.

އަޅުގަނޑަށް ހަމަ ވަރަށް ޖެނުއިންލީ ހައިރާންވާވަރުގެ ކުދިން މިދިޔަ ތިން ދުވަހުގެ ތެރޭގައި ފެނިއްޖެ. ރާއްޖޭގެ ބެޑްމިންޓަންގައި ކުރިން ނުފެންނަ ލެވެލްގެ ޔަންގް ކުޅުންތެރިން އެބަތިބި އެކޮޅުގަ.
ޒަޔާން ޒަކީ/ ރިވައިވަލް ސްޕޯރޓްސްގެ ފައުންޑަރ
ރިވައިވަލް އޭދަފުށި ޖޫނިއަރ ޗެމްޕިއަންޝިޕްގެ ތެރެއިން: ފޮޓޯ-ރިވައިވަލް ސްޕޯރޓްސް

ޒަޔާން ބުނީ އެ ކުޅުންތެރިންނަށް ބޭނުންވަނީ މާލޭގައި މިއޮތް ފެސިލިޓީއާއި ސިސްޓަމާ ސަޕޯޓު ކަމަށެވެ. ރިވައިވަލް ސްޕޯރޓްސް ކްލަބުން އޭދަފުށީގައި ގާއިމްކުރި އެކަޑެމީން މަސައްކަތްކުރާނީ އެ ސަޕޯޓު ދޭންކަމަށް ބުންޏެވެ. އަދި ހަމަހަމަ ފުރުޞަތެއް އޭދަފުށި ބެޑްމިންޓަން ކޮމިއުނިޓީއަށް ދެވިއްޖެނަމަ މިހާރު ރާއްޖޭގެ ބެޑްމިންޓަން މިހޯދާ ކާމިޔާބީއަށްވުރެ މަތީ ކާމިޔާބީތަކެއް ބައިނަލްއަޤްވާމީ ލެވެލްގައި ހޯދާނެކަމަށް ޒަޔާން ބުންޏެވެ.

- ކޮމެންޓް