ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 18:44
އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ އުމްރާވެރިން
އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ އުމްރާވެރިން
ފޭސްބުކް
އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސް
އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
 
ކުރިއަށް އޮތް އޮކްޓޯބަރއަށް ހާއްސަ ޕްރޮމޯޝަންއެއް ވެސް ކުރިއަށް ދާނެ
 
2024 ޖެނުއަރީ 31ގެ ކުރީން ފައިސާ ދައްކާ ފަރާތްތަކަށް ވަރަށް ޚާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފަ
 
އެ ގްރޫޕްގެ ދަތުރުތަކަށް ޚާއްސަ އޮފަރއެއް މިހާރުވެސް ކުރިއަށް އެބަދޭ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ އުމްރާ ދަތުރުތަކަށް އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި ވަނީ ވަރަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައެވެ.

އަސްކޮއި ހައްޖު އުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ، ފަރީ މިސްގެ ގްރޫޕްއަކީ ދިވެހިންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ އުމްރާ ގްރޫޕަކަށް ވާއިރު އެ ގްރޫޕްގެ ދަތުރުތަކަށް ޚާއްސަ އޮފަރއެއް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެގޮތުން 2024 ޖެނުއަރީ 31ގެ ކުރީން ފައިސާ ދައްކާ ފަރާތްތަކަށް ވަރަށް ޚާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. ޖެނުއަރީ ޕްރޮމޯޝަންގެ ތަފްސީލްތަކަށް ބަލާލާއިރު، ޖެނުއަރީގެ ނިޔަލަށް ފައިސާ ދައްކާ ފަރާތްތަކަށް މެއި، ޖުލައި، އޮކްޓޯބަރ އަދި ޑިސެމްބަރު މަހުގެ އުމްރާ 27500 ރުފިޔާ އަށް ކުރެވޭނެއެވެ.

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ އުމްރާވެރިން - ފޭސްބުކް

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެގްރޫޕްގެ ވެރިޔާ ފަރީދާ ހަސަން ވިދާޅުވީ ކުރިއަށް އޮތް އޮކްޓޯބަރއަށް ހާއްސަ ޕްރޮމޯޝަންއެއް ވެސް ކުރިއަށް ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ހުޅުވާލާނެ ކަަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދުނިޔޭގެ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއެކު ބައިވެރި ވެވޭނެއެވެ. އެގޮތުންގޫގޫލް ފޯމް ފުރާލައިގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ފޯމްފޭސްބުކް ޕޭޖްއިން އަދި 9110909 އަށް ގުޅާލައިގެންވެސް ލިބެން ހުންނާނެކަން ފާހަގަކޮށްލެވެއެވެ. ވޭތުވެ ދިޔަ އަހަރުވެސް ވަރަށް ކާމިޔާބު ދަތުރުތަކެއްވަނީ ފަރީމިސްއާއެކު ކޮށްފައެވެ.

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ އުމްރާވެރިން - ފޭސްބުކް

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ އަމާޒަކީ މި އަހަރު ވެސް ހަމައެފަދަ ކާމިޔާބު ދަތުރުތަކެއް ކުރުމެވެ. އެ ގްރޫޕުން ދޭ ޔަޤީންކަމަކީ ފަރީމިސްއާއެކު މިދަތުރު ތަކުގައި ބައިވެރިވުމެވެ. ހަމައެހެންމެ ހުރިހާ އުމުރެއްގެ މީހުންނާއި ގުޅޭ އެހީތެރިން، ފަރީމިސްގެ ޓިމްގައި މަސައްކަތް ކުރާކަމީ ދަތުރުގެ ބައިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން އެ ގްރޫޕުން އުފަލާއި އެކު ފާހަގަކުރެއެވެ.

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ އުމްރާވެރިން - ފޭސްބުކް

މި ގްރޫޕްގެ ހިދުމަތް ތަކުގެ ތެރޭގައި ހިލޭ 3 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދިއުމާއި، މައްކާއާއި މަދީނާގެ މުހިންމު ތާރީހީ ތަންތަން ދައްކާލުން ހިމެނެއެވެ. އަދި ދިވެހިންނާއި ގުޅޭ މީރު ކެއުން ލިބެން ހުރުމުގެ އިތުރުން އަލަށް ދާ ބޭފުޅުންގެ ކަންކަން ބެލެހެއްޓުމަށް ވަރަށް ޒުވާން އެހީތެރިން ތިބޭނޭއެވެ. ހަމައެހެންމެ އެހީތެރިންގެ ތެރޭގައި އަންހެންބޭ ކަނބަލުންގެ ކަންކަން ބެލެހެއްޓުމަށް އަންހެން އެހީތެރިން އަދި ފިރިހެނުންގެ ކަންކަން ބެލެހެއްޓުމަށް ފިރިހެން އެހީތެރިން ތިބޭނޭކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އުމްރާވެރިން ތިބޭ ހޮޓަލަކީ ފަސޭކަމާއެކު ހިނގާލާފައި މިސްކިތަށް ދެވޭ ކައިރި ހޮޓަލެއްކަން ފާހަގަކޮށްލެވެއެވެ.ހަމައެހެންމެ ސިއްހީ އެހީތެރިން އަބަދުވެސް ހިދުމަތުގައި ތިބޭނެއެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން ހޭލުންތެރިކަން އިތުރު ކުރުމަށް އޮންލައިން މީޓިންތައްވެސް ކުރިއަށްގެންދާނެ ކަމަށް އެ ގްރޫޕުން މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން މިއީ ފަރީ މިސްއާއެކު އުމްރާއަށް ދާން ބޭނުންވާ އުމްރާވެރިންނަށް ލިބޭނެ ރަނުގެ ފުރުސަތެެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
25%
0%
0%
25%
0%
ކޮމެންޓް