ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 07:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ނަޝީދު އިންޒާރު ދެއްވުން
ނަޝީދުގެ އިންޒާރެއް: އެމްޑީޕީ މެންބަރުންނަށް ބޭރު ގައުމުތަކަށް ނޭރޭ ވަރު ކުރާނަން
 
ނަޝީދުގެ މެސެޖުތައް ދަނީ މީސް މީޑިޔާގައި ދައުރުވަމުން
 
ނަޝީދު ވަނީ ރިޔާސީ އިންތިހާބުން ބަލިވުމަކީ، ކުރިއަށް އަންނާން ހުރި ކަންކަމަށް ވުރެ ކުޑަ ކަމެއް ކަމުގައި ވިދާޅުވެފައި
 
ނަޝީދު މިފަދައިން ވިދާޅުވީ އިންޓަ-ޕާލިމެންޓަރީ ޔޫނިއަންގެ ޗެއާ ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހޮވެވަޑައިގަތުމާ ގުޅިގެން

އެމްޑީޕީގެ މެންބަރުންނަށް ބޭރު ގައުމުތަކުން ލިބިފައިވާ މަގާމްތަކުން ވަކި ކުރައްވާނެ ކަމަށާއި، ބޭރު ގައުމުތަކަށް އެ ބޭފުޅުން ނޭރޭވަރު ކުރައްވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންނަށް އިންޒާރު ދެއްވައިފި އެވެ.

ދައުރުވަމުންދާ މަޖިލިސް ވަޓްސް އެޕް ގްރޫޕުގެ ޗެޓް ލޮގްތަކުން ފެންނަ ގޮތުން، ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ އިންޓަ-ޕާލިމެންޓަރީ ޔޫނިއަންގެ ޗެއާ ކަމަށް ޅ. ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހޮވެވަޑައިގަތުމާ ގުޅިގެން، އެކަމަށް މަރްޙަބާ ވިދާޅުވަމުން އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އެ ގްރޫޕަށް ކުރެއްވި މެސެޖަށް އިޝާރަތްކުރައްވަމުންނެވެ.

އެގޮތުން އެ މެސެޖަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ "އަސްލަމް ތިޔަ ހުރިހާ ތަނަކުން އެމްޑީޕީ މީހުން ވަކި ކުރާނަން" ކަމަށާއި، "ބޭރު ގައުމުތަކަށް ނޭރޭ ވަރު ކުރާނަން" ކަމަށެވެ.

އަދި ނަޝީދު ވަނީ ރިޔާސީ އިންތިހާބުން ބަލިވުމަކީ، ކުރިއަށް އަންނާން ހުރި ކަންކަމަށް ވުރެ ކުޑަ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ.

އެގޮތުން ނަޝީދުގެ އެ މެސެޖު ޓްވިޓާގައި ހިއްސާކުރައްވައި ފާޑު ވިދާޅުވަމުން މަޒާޖީ ގޮތެއްގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލީހުގައި އެންމެ ހަތަރު މެންބަރުން ތިއްބަވާއިރު މެންބަރު ޖީހާނަށް، މެންބަރުންގެ އިތުބާރު ގެއްލިފައި ހުންނެވި ރައީސަކު ބިރު ދެއްކެވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.

އެގޮތުން ނަޝީދު ދެއްވި އިންޒާރުތައް އިނގިރޭސިބަހަށް ތަރުޖަމާ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް އިތުބާރު ނުކުރެވޭތީ އެއްވެސް ބޭފުޅަކު ހައިރާން ނުވާނެ ކަމަށާއި، ފެނިވަޑައިގަންނަވަނީ ނަޝީދުގެ "އިޓްސް މައި ވޭ އޯ ދަ ހައިވޭ"ގެ އުސޫލުގެ ތެރެއިން ކަންތައް ކުރައްވަން ކަމަށެވެ.

އޭގެ ތެރެއިން، މަޖިލީހުގެ ޤަވާއިދުތަކަށް ނުކިޔަމަންތެރިވުމާއި މަޖިލީހުގެ މެންބަރުންނަށް ތަކުރާރުކޮށް ފުރައްސާރަކޮށް އިންޒާރުދިނުން ރޮޒައިނާ ފާހަގަ ކުރެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި