Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2025 | ބުދަ 18:43
މަޖިލިސް ކައިރިއަށް އެއްވި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުން
މަޖިލިސް ކައިރިއަށް އެއްވި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުން
ރާއްޖެއެމްވީ
އެމްޑީޕީ
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް މަޖިލިސް އިދާރާ ކައިރީގައި ނޫސްވެރިންނާއި އާންމުން ވަނީ އިހުތިޖާޖު ކޮށްފަ
ފުލުހުން އަނިޔާވެރިކަމާއެކު އިހުތިޖާޖު ރޫޅާލައި ނޫސްވެރިން ހިމެނޭހެން ގިނަ ބަޔަކަށް، އަނިޔާކޮށް ގިނަ ބަޔަކު ހައްޔަރުކުރި
ފުލުހުންގެ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ

ސަރުކާރު އަޑީގައި އޮވެ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްނުކުރުމަށް ގޮވާލައި މަޖިލިސް ދޮށުގައި އަންގާރަ ދުވަހު ކުރި އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންނަށާއި އާންމުންނަށް ފުލުހުން އަނިޔާކުރި މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ހީލަތްތެރި ރޭވުމުގެ ދަށުން ހުށަހަޅާފައި އޮތް މިނިވަން މީޑިއާ ނެެތިކޮށްލާ ބިލު ފާސް ކުރުމާއި ދެކޮޅަށް މަޖިލިސް ކުރާ ގޭ ކައިރީގައި އަންގާރަ ދުވަހު ގިނަ އަދަދެއްގެ ނޫސްވެރިން އެއްވެ ބިލު ފާސް ނުކުރުމަށް ގޮވާލައި ވަނީ އަޑު އުފުލާފަ އެވެ.

ނޫސްވެރިން އެސަރަހައްދުގައި ސުލްހަވެރިކަމާއި އެކު އަޑުއުފުލަމުން ދަނިކޮށް އިހުތިޖާޖު ރޫޅާލަން ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން އަނިޔާވެރިކަމާއި އެކު އެތަކެއް ނޫސްވެރިންނެއް ހިމެނޭހެން އާންމުންގެ ބަޔަކު ވެސް ވަނީ އަނިޔާވެރިކޮށް ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ އެތަކެއް އަނިޔާއެއް ކޮށްފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް ފާސް ކުރި ބިލާއި ދެކޮޅަށް މުޒާހަރާކުރި ނޫސްވެރިންނަށް އެތައް އަނިޔާތަކެއް ފުލުހުން ދީފައިވާއިރު، އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅީ ބުދަ ދުވަހުގަ އެވެ.

އެ މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެމުން އެމްޑީޕީގެ ގާނޫނީ ޓީމުގެ މެމްބަރު އައިކް އަހުމަދު އީސަ ވިދާޅުވީ އެންމެ ފުރަތަމަ ހުށަހެޅީ މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ޝާހުއަށް ފުލުހުން ކުރި އަނިޔާގެ މައްސަ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ ޝާހުއަށް ލާއިންސާނީ އެތަކެއް އަނިޔާތަކެއް ދީފައި ކަމަށް އައިކް ވިދާޅުވި އެވެ. އެގޮތުން ޝާހުގެ މޫނުމަތީގައި އަތް އަޅާފަ ފަހަތަށް ދަމައި ބޯ އުފުރާލަން އުޅޭ ކަހަލަ ގޮތަކަށް ފުލުހަކު ދަމާތަން ވީޑިއޯތަކުން ވެސް ފެންނަ ކަމަށް އައިކް ވިދާޅުވި އެވެ. އަދި އެއީ އޭނާއަށް ދިން ނުހައްގު ބޮޑު އަނިޔާއެއް ކަމަށް އައިކް ސިފަކުރެއްވި އެވެ.

އައިކް ވިދާޅުވީ އެންމެ ފުރަތަ ޝާހުގެ މައްސަލަ ހުޝަހެޅި ނަމަވެސް ކުރިޔަށް އޮތް ތަނުގައި އަނިޔާ ލިބުނު މީޑިއާ ބޭފުޅުންނާއި އެހެނިހެން ބޭފުޅުންގެ މައްސަ ވެސް ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ވިދާޅުވީ އަންގާރަ ދުވަހު ފެނިގެން ދިޔައީ ރާއްޖޭގެ އެތަކެއް ރައްޔިތުންނެއް ލެއާއި ދާ އޮހޮރުވާލައިގެން ކުރި ބުރަމަސައްކަތުން ހޯދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނާތީ ނޫސްވެރިންނާއި އާންމު ރައްޔިތުން އެކަމާއި ކަންބޮޑުވެގެން ނުކުތްނުކުތުކަމާއި ގުޅިގެން ހިނގައިދިޔަ އަނިޔާވެރި ކަންތައްތަކެއް ކަމަށެވެ.

އެގޮތުން އެތަނަށް އެއްވެތިބި ނޫސްވެރިންނާއި އާންމުން ކުރަމުން ގެންދިޔައީ ސުލްހަވެރިކަމާއި އެކު ކުރި އިހުތިޖާޖެއް ކަމަށާއި އެކަން ޓީވީޔަކުންނާއި އެހެނިހެން މީޑިއާތަކުން ދުރާއިގާތުން މަންޒަރު ބަލަން ތިބި އެންމެންނަށް ވެސް ސާފުވާނޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ނޫސްވެރިންނާއި އާންމުން ބިލާއި ދެކޮޅަށް އަޑު އުފުލީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި އެއްވެއް އުޅުމުގެ މިނިވަކަންކަމުގެ ދަށުން ކަމަށާއި އެހެން ކަމުން ފުލުހުންނަށް އެ އެއްވުން ރޫޅާލަން ނުހައްގު ބާރުގެ ބޭނުން ކޮށް އަނިޔާވެރި ނުވެވޭނޭ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އަންގާރަ ދުވަހު ފުލުހުން އިހުތިޖާޖު ރޫޅާލުމުގެ ތެރެއިން އެންމެ އަނިޔާވެރިކޮށް ފެނިގެން ދިޔައީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ޝާހުގެ އަނގަޔާއި ނޭފަތާއި އެކު ފުލުހަކު އަތް އަޅައިގެން އުޅުނު މަންޒަރު ކަމަށެވެ. އަދި އެއީ މީހަކު ނޭވާލުމުގެ ހައްގުން މަހުރޫމު ކުރުމަށް ކުރާކަހަލުގެ އަމަލެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ބައެއް ނޫސްވެރިން އަނިޔާވެރިކޮށް ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް، ޕްރެޝަރު ބޮޑުވުމުން ފަހުން ދޫކޮށްލީ އެވެ.

އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރީ އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުމަށް ފަހު އެވެ. މަޖިލިސް ދޮރުމަތިން ފަހަތަށް ޖެއްސި ނަމަވެސް ހެނދުނުން ފެށިގެން 12 ގަޑިއިރު ވަންދެން އަންގާރަ ދުވަހުގެ އިހުތިޖާޖު ކުރިއަށްގެންދިޔަ އެވެ.

މީޑިއާ ބިލާއި ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން ހިމެނޭހެން އާންމުން ވެސް މަޖިލިސް ދޮށަށް އެއްވެ ސުލްހަވެރިކަމާއި އެކު އަޑުއުފުލަމުން ދަނިކޮށް ފުލުހުން އަނިޔާވެރިކޮށް އެ އިހުތިޖާޖު ރޫޅާ އެތައް ނޫސްވެރިންނަކަށް އަނިޔާ ދީފައިވާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ގިނަ ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރުތައް ވެސް ލިބިފަ އެވެ.

- ކޮމެންޓް