ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 17:33
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މެޖިސްޓްރޭޓް އަލީ އަހްމަދާމެދު ސުލުކީ ފިޔަވަޅު އެޅ
ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި
ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭ
އަލީ އަހްމަދުގެ މި އަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލުތަކެއް
ކަމާގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށް އެންގުމަށް 2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާގައި ނިންމާފާއިވޭ

ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހްމަދާމެދު ސުލުކީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ހޯމަ ދުވަހު ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހދ.ނޮޅިވަރަންފަރު އަދި ހދ.ނޮޅިވަރަން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމަށެވެ.

އެހެންކަމުން، މި މައްސަލަތައް ޝެޑިއުލްކޮށް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭކަމަށް ސާބިތުވެފައިވާތީވެ، މެޖިސްޓްރޭޓް އަލީ އަހްމަދުގެ މި އަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 32-1 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ކަމާގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށް އެންގުމަށް 2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާގައި ނިންމާފާއިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

- ކޮމެންޓް