ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 20:02
ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައި
ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައި
ރޮއިޓާސް
ފަލަސްތީން-އިސްރާއިލް ހަނގުރާމަ
މިއަދުވެސް ޖަބާލިއާ ކޭމްޕަށް އިސްރާއިލުން ބޮން އަޅައިފި، މިފަހަރު ސްކޫލަކަށް
ބުރާސްފަތި ދުވަހު އިސްރާއިލުން ބޮން އަޅާފައި ވަނީ އެ ސަރަހައްދުގައި ހުރި ސްކޫލަކަށް
ސްކޫލް އިމާރާތައް ދިން ހަމަލާގައި މަދުވެގެން 27 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ
ކޭމްޕްގައި ދަތުރުކުރަމުން ދިޔަ ކާރަކަށް ދިން ހަމަލާއެއްގައި އިތުރު ދެ މީހުން މަރުވެފައިވޭ

އިސްރާއިލުން ވަނީ ބުރާސްފަތި ދުވަހުވެސް ގައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ބޮމުގެ ހަމަލާތައް ދީފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބުރާސްފަތި ދުވަހު އިސްރާއިލުން ބޮން އަޅާފައި ވަނީ އެ ސަރަހައްދުގައި ހުރި ސްކޫލަކަށެވެ.

އިސްރާއިލް އަސްކަރިއްޔާގެ މިއަދުގެ ހަމަލާތައް އަމާޒުކޮށްފައިވާ މިސްކޫލަކީ މިހާރު ގައްޒާގެ އެތައް ސަތޭކަ ރެފިއުޖީންނެއް ދިރިއުޅެމުން ދިޔަ އިމާރާތެކެވެ.

ފަލަސްތީންގެ ނޫހަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން، ސްކޫލް އިމާރާތަށް ދިން ހަމަލާގައި މަދުވެގެން 27 މީހުން މަރުވެފައިވާ ކަމަށާއި އަދި ކޭމްޕްގައި ދަތުރުކުރަމުން ދިޔަ ކާރަކަށް ދިން ހަމަލާއެއްގައި އިތުރު ދެ މީހުން މަރުވެފައިވާކަމަށެވެ.

މިއީ ބުރާސްފަތި ދުވަހު، އިސްރާއިލުން ގައްޒާގެ ސްކޫލަކަށް އަމާޒުކޮށް ދިން ދެ ވަނަ ހަމަލާއެވެ.

މީގެ ކުރިން އިސްރާއިލް އަސްކަރިއްޔާއިން ހަމަލާދީފައި ވަނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރްޑަބިލުއޭ) އިން ގައްޒާގެ އަލް-ޝާޓީ ރެފިއުޖީ ކޭމްޕުގައި ހިންގާ ސްކޫލަކަށެވެ. މިހަމަލާގައި ފަސް މީހަކު މަރުވެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިހަފުތާގެ ކުރީކޮޅު އދއިން ބުނެފައިވަނީ އިޒްރޭލުން ދިން ހަމަލާތަކުގައި ތިން ސްކޫލަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް