ކ. މާލެ
|
24 ނޮވެންބަރ 2024 | އާދީއްތަ 13:13
ހޮނިހިރު ދުވަހު އިޒްރޭލުން ޣައްޒާގެ އަލް-ފާރޫގު މިސްކިތައް ދިން ހަމަލާ އާ އެކު މީހުން ރައްކައުތެރިކަން ހޯދަން މަސައްކަތް ކުރަނީ
ހޮނިހިރު ދުވަހު އިޒްރޭލުން ޣައްޒާގެ އަލް-ފާރޫގު މިސްކިތައް ދިން ހަމަލާ އާ އެކު މީހުން ރައްކައުތެރިކަން ހޯދަން މަސައްކަތް ކުރަނީ
އީޕީއޭ
އިޒްރޭލުގެ އުދުވާން
އިޒްރޭލުން ބެއިރޫތުގެ މެދުތެރޭގައި 20 މީހުން މަރާލައިފި؛ ޣައްޒާ ސިޓީގެ ޝުޖާޔާ އިން މީހުން ފައިބަން އަންގައިފި
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 44،176 ފަލަސްޠީނު މީހުން މަރުވެ، 104،473 މީހުން ޒަޚަމްވެފައިވެއެވެ.

އިޒްރޭލުގެ ބާރުތަކުން ޣައްޒާ ސިޓީގެ ޝުޖާޔާ އިން މީހުން ފޭބުމަށް އަމުރުކޮށްފިއެވެ. މިއަމުރާ އެކު ފުރާނަ ސަލާމަތް ކުރަން އެތައް ސަތޭކަ ފަލަސްތީނު މީހުން އެ ސަރަހައްދު ދޫކޮށް ދާން ވަނީ ފަށާފައެވެ.

ހޮނިހިރު ދުވަހު އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން 38 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.

އަނެއްކޮޅުން، ބެއިރޫތުގެ މެދުތެރެއަށް އިޒްރޭލުން ހަމަލާދީ މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ. ބޮން އެޅި ސަރަހައްދުގައި ބޮޑު ވަޅުގަނޑެއް އުފެދިފައިވާއިރު، އެ ސަރަހައްދުން ދިރިތިބި މީހުން ފެނޭތޯ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ހަމަލާގައި މަދުވެގެން 66 މީހުން ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 44،176 ފަލަސްޠީނު މީހުން މަރުވެ، 104،473 މީހުން ޒަޚަމްވެފައިވެއެވެ.

ލުބުނާނުގައި، މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 3،670 މީހުން މަރުވެ، 15،413 މީހުން ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް