ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 18:20
ބީ.ސީ.އެމްގެ ފަރާތުން "ހެލްޕް ފަލަސްތީން" ބާއްވަނީ
ބީ.ސީ.އެމްގެ ފަރާތުން "ހެލްޕް ފަލަސްތީން" ބާއްވަނީ
ހެލްޕް ފަލަސްތީން
ބީ.ސީ.އެމްގެ ފަރާތުން "ހެލްޕް ފަލަސްތީން" އިވެންޓެއް ހުކުރު ދުވަހު ބާއްވަނީ
މި އިވެންޓްގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި އަނިޔާވާ ފަރާތްތަކަށް އެހީ ހޯދުން
ޖަމްބަލް ސޭލް، ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކުން، ފޭސް ޕެއިންޓިންގ އަދި ހީނާ އާޓް ހަރަކާތްތައް އޮންނާނެ
މި އިވެންޓްގައި ބައިވެރިވުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު ޢާއިލާއާއެކު ބްރިޖް ވިއުވިގް ޕްލެޓްފޯމްއަށް ވަޑައިގެންދެއްވުމަކީ ބީ.ސީ.އެމްގެ ވަރަށް ބޮޑު އެދުމެއް

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)ގެ ފަރާތުން "ހެލްޕް ފަލަސްތީން" ނަމުގައި އިވެންޓެއް ހުކުރު ދުވަހު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ބީ.ސީ.އެމްއިން ބުނެފިއެވެ.

ބީސީއެމް އިން ބުނީ އިވެންޓް ކުރިއަށް ދާނީ ހުކުރު ދުވަހު ހަވީރު 4 އިން 6 އަށް ބްރިޖް ވިއުވިގް ޕްލެޓްފޯމް (ނިއުޕޯޓް – ހެންވޭރު ރާޅުގަނޑު ސަރަޙައްދު)ގައިކަމަށެވެ.

ބީ.ސީ.އެމް އިން ބުނީ މި އިވެންޓްގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި އަނިޔާވާ ފަރާތްތަކަށް އެހީ ހޯދުން ކަމަށެވެ. އަދި އެ ތަކެތި ގާޒާގެ ހާލުގައިޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ ވެސް މި އިވެންޓުގެ މަގްސަދެކެވެ. އެ ގޮތުން މި ހަރަކާތުން އެއްކުރެވޭ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށް ވަނީ ބުނެފައެވެ.

Advertisement

މީގެ އިތުރުން މި އިވެންޓްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ޖަމްބަލް ސޭލް، ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވިއްކުން، ފޭސް ޕެއިންޓިންގ އަދި ހީނާ އާޓް ހިމެނެއެވެ. ޖަމްބަލް ސޭލްގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ބަދިގޭ ސާމާނު، އަންނައުނު، ސްޓޭޝަނަރީޒް އަދި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ވެސް ހިމެނެެވެ. މި ހުރިހާ ތަކެއްޗެއް ފޯރުކޮށްދީފައިވަނީ ބީ.ސީ.އެމްގެ ޢާންމު މެންބަރުންނެވެ.

މި އިވެންޓްގައި ބައިވެރިވުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު ޢާއިލާއާއެކު ބްރިޖް ވިއު ޕްލެޓްފޯމްއަށް ވަޑައިގެންދެއްވުމަކީ ބީ.ސީ.އެމްގެ ވަރަށް ބޮޑު އެދުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް