ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 09:16
އަލް ޝިފާ ހޮސްޕިޓަކަށް ގެންދެވުނު ފަރާތްތައް
އަލް ޝިފާ ހޮސްޕިޓަކަށް ގެންދެވުނު ފަރާތްތައް
އަލްމަޔަދީން
ޣައްޒާގެ ހާލަތު
ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ތެލުގެ ސަޕްލައި ދަށްވެ "މުސީބާތެއް" ކުރިމަތިވެދާނެ ކަމަށް ހޮސްޕިޓަލުން ބުނެފި
އދ ގެ އެއްވެސް އެހީއެއް އަލް ޝިފާ ހޮސްޕިޓަލަށް ނުލިބޭ

ޣައްޒާގެ އުތުރުގައި އޮންނަ އަލް ޝިފާ ހޮސްޕިޓަލް އޮތީ "މުސީބާތެއް" ގެ ކުރިމަތީގައި ކަމަށާއި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ތެޔޮ ހުސްވެދާނެ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ، އިސްރާއީލުން ޣައްޒާ މުޅިން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، އެ ހޮސްޕިޓަލަށް އަދި އދގެ އެއްވެސް އެހީއެއް ނުލިބޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޣައްޒާގައި އެންމެ ގިނައިން ޒަޚަމްވެފައިވާ ބަލިމީހުންގެ އިތުރުން މެޑިކަލް ސްޓާފުންވެސް ޒަޚަމްވެގެން ފަރުވާ ދެމުންދަނީ އަލް ޝިފާ ހޮސްޕިޓަލުންނެވެ. އިސްރާއީލުން ކަރަންޓް ކަނޑާލުމާއެކު، އެގައުމުން ހިންގަނީ ތެޔޮ ބޭނުންކުރާ ޖަނަރޭޓަރުތައް ބޭނުންކޮށްގެންނެވެ.

ހޯމަ ދުވަހުގެ ފަތިހުގެ ކުރިން ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުގެ އިތުރުން ޣައްޒާގެ އިތުރު ދެ މެޑިކަލް ފެސިލިޓީއަށް އިސްރާއީލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމުން އެ ފެސިލިޓީގެ އެތެރޭގައި ތިބި މީހުންގެ މެދުގައި ބިރުވެރިކަން ވަނީ އުފެދިފައެެވެ.

މީގެ ކުރިން ވެސް އިސްރާއީލުން ވަނީ ހޮސްޕިޓަލް ހުސްކުރަން އަންގާ އިންޒާރު ދީފައެވެ.

އާދީއްތަ ދުވަހު ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެފައިވާ 14 އެހީ ޓްރަކްގެ ދެވަނަ ކޮންވޯއީގައި ގެންދެވިފައިވަނީ ދުވާލަކު އާންމުކޮށް ޑެލިވަރީ ކުރާ ތަކެތީގެ ތިން ޕަސެންޓް ކަމަށް އދ އިން ބުނެއެވެ.

ވަކި ވަރަކަށް އުޅަނދު ވަދެވޭ ގޮތަށް ރަފާ ބޯޑަރު ހުޅުވާލި ފަހުން ޖުމްލަ 34 އެހީ ޓްރަކް މިހާރު ވަނީ ޣައްޒާއަށް ވަދެފައެވެ. މިހާތަނަށް ޣައްޒާއަށް އެތެރެވި ދެ އެހީގެ ތެރެއިން އެއްވެސް ޑެލިވަރީއެއްގައި ތެޔޮ ނުހިމެނޭ ކަމަށާއި، ޣައްޒާގައި މިހާތަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ޔޫއެންއާރުޑަބްލިއުއޭގެ ތެލުގެ ރިޒާވް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ހުސްވާނެ ކަމަށް އދ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް