ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 05:25
ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ނިކޮލޯ ފަޖިއޯލީ
ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ނިކޮލޯ ފަޖިއޯލީ
ރޮއިޓާސް
ޔުވެންޓަސް
ޔުވެންޓަސްގެ ފަޖިއޯލީ ހަތް މަސް ދުވަހަށް ސަސްޕެންޑު ކޮށްފި
ފަގިއޯލީ ސަސްޕެންޑު ކުރުމަށް ނިންމީ ބެޓިންގެ މައްސަލައަކާ ގުޅިގެން

ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީްލްޑަރު ނިކޮލޯ ފަޖިއޯލީ ހަތް ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.

އެކަން ހާމަކޮށްފައި ވަނީ އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުންނެވެ. ފަގިއޯލީ ސަސްޕެންޑު ކުރުމަށް ނިންމީ ބެޓިންގެ މައްސަލައަކާ ގުޅިގެންނެވެ. ފަޖިއޯލީ އަށް 12 މަސް ދުވަހުގެ ސަސްޕެންޝަނެއް ދީފައިވާއިރު, އޭގެ ތެރެއިން ފަސް މަސް ދުވަހުގެ ސަސްޕެންޝަނެއް ދީ، 12،500 ޔޫރޯ (13،225 ޑޮލަރު) އިން ޖޫރިމަނާ ކުރި އެވެ. އަދި އެ މައްސަލަތަކަށް ފަރުވާ ދިނުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ވެސް ފަޖިއޯލީ ވަނީ އެއްބަސްވެފަ އެވެ. އުމުރުން 22 އަހަރުގެ ފަޖިއޯލީ އަކީ ގަވައިދާ ހިލާފަށް ވެބްސައިޓްތަކުގައި ބެޓް ކުރި ކަމުގެ ތުހުމަތުގައި ޓިއުރިންގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަމުން އަންނަ ކުޅުންތެރިޔެކެވެ.

އިޓަލީ ފުޓުބޯޅަ ފެޑެރޭޝަންގެ ގަވައިދުގެ ދަށުން ފުޓްބޯޅަ މެޗުތަކަށް ބެޓް ކުރި ކަމަށް ބެލެވޭ ކުޅުންތެރިއަކު މަދުވެގެން ތިން އަހަރަށް ސަސްޕެންޑް ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފަޖިއޯލީ ވަނީ އޭނާގެ ކުށަށް އަމިއްލަ އަށް އިއުތިރާފުވެފަ އެވެ. އެއަށްފަހު އޭނާ ވަނީ އަދަބު ލުއި ކޮށްދިނުމަށް ވެސް އެދިފަ އެވެ. އޭނާގެ އަދަބުގެ ދަށުން ކުޅިވަރު ޖަމިއްޔާތަކާއި، ޖުވާގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެހީވާ ގްރޫޕްތަކާ އެކު މަދުވެގެން 10 ސެޝަނެއްގައި އޭނާގެ ތަޖުރިބާގެ ވާހަކަ ދައްކަން ވެސް ޖެހެ އެވެ.

އިޓަލީއަށް މިހާތަނަށް އެއް މެޗު ކުޅެދީފައިވާ ފަޖިއޯލީ އަކީ މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ މެޗުތަކުގެ ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިއެކެވެ. ފަޖިއޯލީގެ އިތުރުން އިޓަލީގެ ސެންޑްރޯ ޓޮނާލީ އާއި ނިކޮލޯ ޒަނިއޯލޯ މިދިޔަ ހަފުތާގައި ގައުމީ ޓީމުގެ ސްކޮޑުން ދުރު ކުރީ އެ ދެ ކުޅުންތެރިންގެ މައްޗަށް ވެސް ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް ޕްރޮސެކިއުޓަރުން އެންގުމާއެކު އެވެ.

- ކޮމެންޓް